ލ.ގަން

ކުޑަހުވަދޫން ޕޮޒިޓިވްވި ކުއްޖަކަށް ގަމު ފެސިލިޓީގެ އައިސީޔޫ ގައި ފަރުވާ ދެނީ

ދ. ކުޑަހުވަދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި ކުއްޖަކަށް ލ. ގަމު ކޮވިޑް ފެސިލިޓީގެ އައިސީޔޫ ގައި ފަރުވާ ދޭން ފަށައިފިއެވެ.

ލ. ގަމު ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވީ، ހޯމް ކަރަންޓީނުގައި ހުރުމަށް ފަހު ކޮވިޑް-19 އަށް ޕޮޒިޓިވްވި ދ. ކުދަހުވަދޫ ކުޑަ ކުއްޖެއް އިތުރު ފަރުވާ ދިނުމަށް ލ. ގަމު ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގެ އައިސީޔޫ ގައި މިއަދު ވަނީ އެޑްމިޓް ކުރެވިފައި ކަމަށެވެ.

ކުޑަހުވަދޫ އިން މިދިޔަ އަންގާރަ ދުވަހު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 1 މަހުގެ ތުއްތު ފިރިހެން ކުއްޖަކާއި 3 އަހަަރުގެ ފިރިހެން ކުއްޖެއްގެ އިތުރުން 24 އަހަރުގެ އަންހެނަކާއި، 34 އަހަރުގެ ފިރިހެނެކެވެ.

މި މީހުން މި ބައްޔަށް ޕޮޒިޓިވް ވެފައިވާކަން އެނގިފައިވަނީ ހޯމް ކަރަންޓީނުގެ 14 ދުވަސް ނިންމުމަށް ފަހު ނެގި ސާމްޕަލްތަކުންނެވެ. ދ. ކުޑަހުވަދޫން މާލެ އައި ބޯޓެއްގެ ބިދޭސީ ފަޅުވެރިޔަކު ވެސް ވަނީ މީގެ ކުރިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

 

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ