ބީއެމްއެލް އެކައުންޓްތަކުން ހުއްޓުމެއްނެތި ފައިސާ ގެއްލެނީ!

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުޅުވާފައިވާ ބައެއް އެކައުންޓުތަކުން އަނެއްކާވެސް ވާނުވާނޭގި ފައިސާ ކެނޑޭ މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.

އެ ބޭންކުގައި އެކައުންޓް ހުޅުވާފައިވާ ބަޔެއް ކަސްޓަމަރުން މީސްމީޑިއާގެ އެކި ވެބްސައިޓުތަކުގައި މިވާހަކަތައް ހިއްސާކުރަމުން ބުނެފައިވަނީ އެމީހުންގެ އެކައުންޓުން ކުރިން ވެސް ފައިސާ ކެނޑުމަށް ފަހު ދެވަނަ އަދި ތިންވަނަ ފަހަރަކަށްވެސް އެކައުންޓުން ފައިސާ ކަނޑައިފައިވާ ކަމަށެވެ.

މިހާތަނަށް ބީއެމްއެލްއިން މިކަމާއި ގުޅިގެން ވަކިއެއްޗެއް ބުނެފައި ނުވާއިރު މީގެކުރިން މިމައްސަލަ ދިމާވުމުން ބޭންކުން ބުނެފައިވަނީ އެފަހަރު އެމައްސަލަ ދިމާވެފައިވަނީ ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ. އަދި އެފަހަރު ފައިސާ ކެނޑުނު ފަރާތްތަކުގެ އެކައުންޓުތަކަށް ކެނޑި ފައިސާވަނީ ޖަމާކޮށްދީފައެވެ.

ބޭންކުގެ ގިނަ އަދަދެއްގެ ކަސްޓަމަރުން އަނެއްކާވެސް ބޭންކުން އެ ކަސްޓަމަރުންގެ އަތުން ނުހައްގުން ފައިސާ ކަނޑަމުން އަންނަކަން ފާހަގަ ކޮށްފައިވާއިރު އެ ކަސްޓަމަރުން މީސްމީޑިއާއަށް ލާފައިވާ ފޮޓޯތަކުން ފެއްނަނީ ފޮރިން ޕާރޗޭސްގެ ގޮތުގައި އެއް އަދަދެއް އެތައް ފަހަރަކު ކަނޑައިފައިވާ މަންޒަރެވެ. މިގޮތުން އެއް ކަސްޓަމަރެއްގެ އަތުން އެއްދުވަހެއްގެ ތެރޭ ފޮރިންޕާޗޭސްގެ ގޮތުގައި އެއް އަދަދެއް ހަފަހަރަށް ކަނޑާފައި ވެއެވެ.

މީގެ ކުރިން މިދިޔަ އޯގަސްޓު މަހުގެ ތެރޭގައިވެސް ބީއެމްއެލްގެ ޑެބިޓް ކާޑުން ކުރާ ފައިސާގެ މުއާމަލާތްތަކަށް ދެފަހަރަށް ފައިސާ ކަނޑާފައިވާ މައްސަލަ ފާހަގަ ކުރެވިފައި ވެއެވެ. ބޭންކުން އެފަހަރު ބުނެފައިވަނީ އެއީ ބޭންކުން މީގެކުރިން ދިމާވެފައިނުވާ މައްސަލައެއް ކަމަށެވެ. ނަމަވެސް އޭރުވެސް ބަޔެއް ކަސްޓަމަރުން ބުނަމުން ގޮސްފައިވަނީ މީގެ ކުރިންވެސް މިފަދަ މައްސަލަތައް ބީއެމްއެލްގެ ފަރާތުން ދިމާވެފައިވާ ކަމަށެވެ.

އެކައުންޓުން ފައިސާ ކެނޑުނު ކަސްޓަމަރުންގެ ތެރޭގައި ބޭރު ގައުމުތަކުގައި ތިބި ބައެއް ފަރާތްތައްވެސް ހިމެނެ އެވެ. މިމައްސަލައިގައި ބޭންކުގެ ބަހެއް ލިބޭތޯ ކުރި މަސައްކަތް އަދިވަނީ ކާމިޔާބުވާގޮތް ނުވެފައެވެ. މިފަދަ މައްްސަލަތަކާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ބޭންކަށް އިތުބާރު ނުކުރެވޭ ކަމަށް ބުނެވެސް އެފަރާތްތަކުގެ ޝުއޫރުތައް ހާމަކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
115
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. gamees

    mives india in raavaigs reedhulhun kuraa lameh. bank ithubaaru gelluvaa india bank gaumugai aiy gadhakuran. olhifanoiy kameh noon

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ