ނުރައްކާތެރި ކޮވިޑް-19 އަށް އިނގިރޭސިވިލާތުން ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްއްޖެއެވެ.
އިނގިރޭސި ވިލާތުން އިއްޔެ 1،813 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު ހުކުރު ދުވަހު މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ 1،940 މީހުންނެވެ.
އިނގިރޭސި ވިލާތުން ނިމިދިޔަ އޮގަސްޓް މަހު ދުވާލެއްގެ މައްޗަށް ކޮވިޑް-19 އަށް ޕްޒިޓިވް ވާ މީހުންގެ އަދަދު 1،000 ގައި އުޅުނު ނަމަވެސް މިހާރު މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.
ހުކުރު ދުވަހު 1،920 މީހުން ކޮވިޑް-19 އަށް ޕްޒިޓިވް ވެފައިވާއިރު މޭ މަހުގެ 30 ވަނަ ދުވަހަށްފަހު މިއީ އެންމެ ގިނަ މީހުން ޕޮޒިޓިވް ވި ދުވަހެވެ. މޭ މަހުގެ 30 ވަނަ ދުވަހު އިނގިރޭސި ވިލާތުން ބައްޔަށް ޕޮޒިޓިވް ވެފައިވަނީ 1،604 މީހުންނެވެ.
ކޮވިޑް-19 ޖެހިގެން އިނގިރޭސިވިލާތުން މިހާރު 41،549 މީހުން މަރުވެފައިވާއިރު މިބައްޔަށް 344،16 މީހުން ވަނީ އިނގިރޭސިވިލާތުން ޕޮޒިޓިވް ވެފައެވެ.




