މަސްތުވާތަކެތީގެ މައްސަލައެއްގައި ގދ.ގައްދޫން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، 2019 މެއި 24 ވަނަ ދުވަހު ގދ.ގައްދޫގައި ފުލުހުން ހިންގި އޮޕަރޭޗަނެއްގައި މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް އަޅާފައިހުރި ދަޅަކާއި ސެލޯފިންކޮޅެއް ފެނިފައިވާ ކަމަށެވެ.
"މިމައްސަލައިގައި 27 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވޭ." ފުލުހުން ވިދާޅުވިއެވެ.
Miadhu GDh.Gadhdhoo gai fuluhun hingi operation ehgai masthuvaathakethi kamah belevey etcheh alhaafai huri dhalhakaai cellophane kolheh fenifaivey. Mi massalaagai 27 aharuge’ firiheneh hayyaru kohfaivey. Mi massala fuluhun dhany thahqeeq kuramun.
— Maldives Police (@PoliceMv) May 24, 2019
ރާއްޖޭގެ ޒުވާން ޖީލަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ގިނަ ބަޔަކު ފުލުހުން ގެންދަނީ ހައްޔަރުކުރަމުންނެވެ.
ގައްދޫން ހައްޔަރުކުރި މީހާގެ އަދި އަތުލައިގަތް މައްތުވާތަކެތީގެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.



