ލާމު ގަމުން ރުށް ބޭރު ކުރަނީ ކައުންސިލުން ހުއްދަ ދީގެން ކަމަށް މޯލްޑިވްސް ކަސްޓަމްސް އިން ވިދާޅުވެއްޖެއެވެ.
ކަސްޓަމްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ލ.ގަމުން ރުއް ބަރުކުރާ ކަމުގެ މަޢުލޫމާތު ކަސްޓަމްސްއަށް މިއަދު ލިބުނު ކަމަށާއި މި މައްސަލަ އިތުރަށް ބެލިބެލުމުން މިއުޅަނދަށް ރުއްބަރުކުރަނީ ލ.ގަން ކައުންސިލުން ހުއްދަދީގެން ކަން އެނގިފައިވާ ކަމަށެވެ.
"ރިސޯޓް ޕްރޮޖެކްޓަކަށް ދޫކޮށްފައިވާ ރާއްޖެއިން ބޭރުގެ ލޭންޑިންގ ކްރާފްޓެއް ލ.ގަމުން ރުއް ބަރުކުރާ ކަމުގެ މަޢުލޫމާތު ކަސްޓަމްސްއަށް މިއަދު ލިބުމުން، މި މައްސަލަ އިތުރަށް ބެލިބެލުމުން މިއުޅަނދަށް ރުއްބަރުކުރަނީ ލ.ގަން ކައުންސިލުން ހުއްދަދީގެން ކަމުގައި ވަނީ އެ ނގިފައެވެ. ނަމަވެސް މިމައްސަލަވެސް އެންވައަރަމެންޓް ޕްރޮޓެކްޝަން އެޖެންސީއާ ގުޅިގެން އިތުރަށް ބަލަމުން ދާކަމުގައި ދެންނެވީމެވެ." އެބަޔާނުގައި ވެއެވެ.

ކަސްޓަމްސް އިން މިހެން ވިދާޅުވެފައި މިވަނީ، ގަމުން ގިނަ އަދަދެއްގެ ރުއް ބޭރުކުރަމުންދާކަމަށްބުނެ ބައެއް ފަރާތްތަކުން މީސްމީޑިއާގައި ކަންބިޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.
ތިމާވެށީގެ މައްސަލަތައް ހުށަޙެޅުމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީން ހޮޓްލައިނެއް ޤާއިމުކޮށްފައިވާއިރު، ކޮންމެ ދުވަހަކުވެސް ހޮޓްލައިން ނަންބަރު 7980379 އަށް ހެނދުނު 08:00 އިން ރޭގަނޑު 08:00 އަށް ގުޅޭނެކަމަށް އެ އެޖެންސީން ވިދާޅުވެއެވެ.
EPA compliance hotline is now active (hotline number: 7980379). You can lodge your complaints:
— EPA Maldives (@EPAMaldives) April 25, 2019
1. By dialing: 08:00 am to 08:00 pm everyday.
2. Through viber or sms: Anytime
އީޕީއޭގެ ހޮޓްލައިނަށް ކޮންމެ ވަގުތަކުވެސް ވައިބަރ އަދި އެސްއެމްއެސް މެދުވެރިކޮށް މައްސަލަ ހުށަހެޅޭނެކަމަށް އެ އޭޖެންސީން ވަނީ ވިދާޅުވެފައެވެ.



