ހދ. ކުޅުދުއްފުށިން އިތުރު ފަރުވާއަށް މާލެ ފޮނުވި ކުއްޖާގެ ދެވަނަ ސާމްޕަލް ކޮވިޑް-19 އަށް ނެގެޓިވް ވެއްޖެއެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ފޮނުވާލި، އުމުރުން ހަތް އަހަރުގެ ކުޅުދުއްފުށީ ފިރެހެން ކުއްޖެއްގެ ފުރަތަމަ ސާމްޕަލް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.
މި ކއްޖާ ކޮވިޑް-19 އަށް ޕޮޒިޓިވުވިކަން އިނގިފައިވަނީ އައިޖީއެމްއެޗްގައި އެޑްމިޓް ކުރުމުގެ ކުރިން ނެގި ސާމްޕަލުންނެވެ. "ކުޅުދުއްފުށި އޮންލައިން" އިން މި ކުއްޖާގެ އާއިލާއާ ހަވާލާދީ ވިދާޅުވެފައިވަނީ، މި ކުއްޖާ ދެވަނަ ފަހަރަށް ކޮވިޑް-19 އަށް ޓެސްޓް ކުރުމުން ނެގެޓިވްވެފައިވާކަމަށެވެ.



