ހެލިކޮޕްޓަރުތައް ދިވެހި ޕައިލެޓުން ވަރަށް އަވަހަށް ދުއްވަން ފަށާނެ - ޝަމާލް

ހެލިކޮޕްޓަރުތައް ދިވެހި ޕައިލެޓުން ވަރަށް އަވަހަށް ދުއްވަން ފަށާނެކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނަރަލް، އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

ޝަމާލް މިހެން ވިދާޅުވެފައިމިވަނީ އެމްއެންޑީއެފުން މިހާރު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޑިއެފްގައި ތަމްރީން ލިބިފައިތިބި ޕައިލެޓުން ތިބިއިރު ހެލްކޮޕްޓަރު ދުއްވަން އެ ބޭފުޅުން ބޭނުން ނުކުރެވެނީ ކީއްވެގެންތޯ ނޫސްވެރިޔަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

"ކައިރި މުސްތަގުބަލެއްގައި އިރާދަކުރެއްވިއްޔާ މި ހެލިކޮޕްޓަރުތަކުގައި ދިވެހި ޕައިލެޓުން އުދުހޭނެ ކަމުގެ ޔަގީންކަން އަރުވަން" ޝަމާލް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ ބައެއް ގޮންޖެހުންތައް އެބަހުރި ކަމަށާއި ޕައިލެޓުންގެ ގޮތުގައި މިހާރު ތިބީ ހައެއްކަ ކުދިން ކަމަށާއި ނަމަވެސް އެކުދިންނަކީ ތަފާތު އެކަޑަމީ ތަކުން އެކި ވައްތަރުގެ އެއާރ ކްރާފްޓް ޓްރެއިނިން ހަދާފައިތިބި ކުދިން ކަމަށެވެ. އަދި މި ކުދިން ސީދާ ހެލިކަޕްޓަރުގެ ރޭޓިންއެއް ހަދާފައި ނެތްކަމަށެވެ.

"މިހާރުތިބި ޕައިލެޓުން ހެލިކަޕްޓަރު ދުއްވޭނެ ގޮތަށް ތަމްރީނުކުރުމުގެ މަސައްކަތް ކުރަމުން މިހާރު މިގެންދަނީ ބާރު ސްޕީޑެއްގައި" ޝާމާލް ވިދާޅުވިއެވެ.

ޝަމާލް އިތުރަށް ވިދާޅުވީީ ވަރަށް ގިނަ ގޮންޖެހުންތައް އެބަހުރިކަމަށާއި ހެލިކޮޕްޓަރަށް ޕައިލެޓުން ސްޕެޝަލައިޒް ކުރަން ޖެހޭކަމަށެވެ. އާމްދަނީގެ ގޮތުގައި އެއްޗެއް ހޯދައިދިނުމަށާއި އަދި ތަޖުރިބާތައް އިތުރުކުރުމުގެ ގޮތުން މޯލްޑިވިއަންއާއި ގުޅިގެން ބައެއް ކުދިން މިހާރުވެސް މަސައްކަތް ކުރަމުން ދާކަމަށްވެސް ޝަމާލް ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. އޭދަފުށީ މުހައްމަދު

    ބާރު ސްޕީޑްގައި. ؟؟؟ އެކަމަކުއިހަށް ދުވަހު ނޫސްތަކުގައި ފެތުރުނު ޚަބަރަކުން އެނގުނު ހެލިކޮޕްޓަރު ދުއްވަން ލައިސަންސް ނަގަން ބޭނުންވަނީ ހައެއްކަ މަސްދުވަސްކަމަށް. ރާއްޖޭގައި އިންޑިއާ މީހުން އެހެލިކޮޕްޓަރު ދުއްވާތާ ކިތައް އަހަރު ވެއްޖެތޯ؟އެކަމަކުވެސް ދިވެހިން އެހެލިކޮޕްޓަރު ދުއްވޭނެ ގޮތަށް ތަމްރީނުކުރުމުގެ މަސައްކަތް ކުރަމުން ގެންދަނީ ބާރު ސްޕީޑެއްގައި ދެއްތޯ.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ