ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޤައުމީ ދިފާއީ ބާރުގެ އިސްވެރިންނާއި ބައްދަލު ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އޮތް މި ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.
ރައީސް ނަޝީދާއި ދިފާއީ ބާރުގެ އިސްވެރިން ބައްދަލު ކުރެއްވީ ކޮން ސަބަބަކާ ގުޅިގެން ކަމެއް އަދި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ކޮންކަމަކާ ގުޅޭގޮތުން ކަމެއް މަޖިލިސް މީޑިއާ އިން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.






ހިޔާލު
Salaamthy baaruthakah nufoozufoaruvumah kuri kameh. gaumah oiy bodu museebaatheh thiya anni aky