ހޯރަފުށީ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ

ހއ. ހޯރަފުށީ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ އެވެ.

އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރަމުން ގެންދާ ހޯރަފުށީ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެެ 61 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން، ކުރިއަށްގެންދާ މި މަޝްރޫޢުގައި ސޮއިކުރެވުނީ 11 ސެޕްޓެމްބަރ 2019 ގައެވެ.

މިމަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ގައު އެތުރުމާއި، ކާނުގެ މަތިގަނޑު އެޅުމުގެ މަސައްކަތާއި، ސަބްބޭސް ފިލް ލެވެލް ކުރުމުގެ މަސައްކަތާއި، ކޮނުމުގެ މަސައްކަތް. ކަމަށް އެމްޓީސީސީން ވަނީ މަޢުލޫމާތު ދެއްވާފައެވެ.

މި މަޝްރޫޢުގެ ދަށުން 8103 ސްކުއެއަރ މީޓަރު ސަރަޙައްދެއް ސާފުކުރުމާއި ކޮނުމާއި، ފެންހިންދާ ވަޅުގަނޑެއް ކޮނުމުގެ މަސައްކަތް ހިމެނެ އެވެ.

މި މަޝްރޫޢުއަކީ ސަރުކާރުގެ ބަޖެޓުން 2.53 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ