ފޮޓޯ: އެމްއެންޑީއެފް

ފައްތިޔާ ކަނޑައިގެން ގޮސް ގެއްލުނު ލޯންޗު ފެނިއްޖެ

ފައްތިޔާ ކަނޑައިގެން ގޮސް ގެއްލުނު ލޯންޗު ފެނިއްޖެ އެވެ.

ފައްތިޔާ ކަނޑައިގެން ގޮސް އއ. އަތުރުގަ ފަޅުގައި އަޅާފައި އޮތްވައި ގެއްލުނު ލޯންޗު ފެނިފައިވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެ އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ލޯންޗު ފެނިފައިވާކަމަށް ލޯންޗުގެ ވެރިފަރާތުން ކޯސްޓުގާޑަށް އަންގާފައިވާ ކަމަށާއި ލޯންޗަށް އިތުރު ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.

25 ފޫޓުގެ ވޯޓާ ސްޕޯޓްސް މި ލޯންޗު ގެއްލިފައި ވަނީ ނަގިލި ކަނޑައިގެން ދިއުމުގެ ސަބަބުން ކަމަށް އެމްއެންޑީއެފް އިން މިއަދު ވަނީ ވިދާޅުވެފައެވެ.

ފައްތިޔާ ކަނޑައިގެން ގޮސް ލޯންޗް ގެއްލިފައިވާ ކަމުގެ ރިޕޯޓް އެމްއެންޑީއެފް އަށް ލިބިފައިވަނީ ރޭ ފަތިހު 04:39 ހާއިރުއެވެ.

މިދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އެކި ކަންކޮޅުތަކުން މުދަލާއި ތަކެއްޗަށް ގެއްލުން ލިބެމުންދާކަން ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ