ބީއެމްއެލް - ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

އެކައުންޓްތަކުން ކަނޑާފައިވަނީ ހޯލްޑްކުރެވިފައިވާ ޕޭމަންޓްތަކެއް: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)ގެ ބައެއް ކަސްޓަމަރުންގެ އެކައުންޓުތަކުން ކަނޑާފައިވަނީ، ހޯލްޑްކުރެވިފައިވާ ޕޭމަންޓްތަކެއްކަމަށް ބީއެމްއެލްއިން ވިދާޅުވެއްޖެއެވެ.

ބީއެމްއެލްގައި ހުޅުވާފައިވާ ބައެއް އެކައުންޓުތަކުން އަނެއްކާވެސް ވާނުވާނޭގި ފައިސާ ކެނޑޭ މައްސަލަތަކެއް އިއްޔެ ވަނީ ފެންމަތިވެފައެވެ. އެގޮތުން  ބޭންކުން އެ ކަސްޓަމަރުންގެ އަތުން ނުހައްގުން ފައިސާ ކަނޑަމުން އަންނަކަން ފާހަގަ ކޮށްފައިވާއިރު އެ ކަސްޓަމަރުން މީސްމީޑިއާއަށް ލާފައިވާ ފޮޓޯތަކުން ފެއްނަނީ ފޮރިން ޕާރޗޭސްގެ ގޮތުގައި އެއް އަދަދެއް އެތައް ފަހަރަކު ކަނޑައިފައިވާ މަންޒަރެވެ.

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި، ބައެއް ކަސްޓަމަރުންގެ އެކައުންޓުން ނޭގޭ މުއާމަލާތްތަކެއް ބޭރުގެ ބައެއް ސައިޓްތަކަށް ހެދިފައިވާތީ އާއި މި ފައިސާ އެކައުންޓުން ކެނޑިފައިވާތީ އެކަމުގެ ޝަކުވާ ބޭންކަށްވަނީ ލިބިފަައެވެ.

"މިއީ އެއްވެސް ގޮތަކަށް ބޭންކުގެ ސިސްޓަމްގެ މައްސަލައަކާ ގުޅިގެން ކެނޑިފައިވާ ފައިސާ އެއް ނޫންކަމުގެ ޔަގީންކަން އަރުވަން. އެކައުންޓުން ކަސްޓަމަރަށް ނޭގޭ މުއާމަލާތެއްކޮށްފައިވާނަމަ، 'ޓްރާންސެކްޝަން ޑިސްޕިއުޓް' ފޯމު ހުށަހެޅެއްވުމަށް ދަންނަވަން. ގޮތް ނޭގޭ އީމެއިލް އަދި ކާކުކަން ނޭގޭ ފަރާތްތަކުން ފޮނުވާ އީމެއިލް އަށް ޖަވާބު ނުދެއްވުމަށާއި މިފަދަ އީމެއިލްތަކުގައި ހުންނަ ލިންކްތައް ބޭނުން ނުކުރުމަށް ކަސްޓަަމަރުންނަށް ތަކުރާރުކޮށް އިލްތިމާސްކުރަން." ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސްގެ ބައެއް ކަސްޓަމަރުންގެ އެކައުންޓުންކޮށްފައިވާ ބައެއް މުޢާމަލާތްތަކަށް ނުކެނޑި ހުރި ފައިސާ ކެނޑުމުގެ ކުރިން 4 ސެޕްޓެމްބަރު 2020 ވަނަ ދުވަހު އެސްއެމްއެސް އެއް ވާނީ ފޮނުވިފަިކަމަށެވެ. އަދި ބޭންކުން ކަސްޓަމަރުންގެ އެކައުންޓުން ފައިސާ ކަނޑާފައިވާނީ މި މުޢާމަލާތްތަކަކީ ކަސްޓަމަރުން ހަދާފައިވާ މުޢާމަލާތްތައްކަމާއި އެކައުންޓުން އެ ފައިސާ މީގެ ކުރިން ކެނޑިފައިވާ ނުވާކަން ކަށަވަރުކޮށްފައިކަމަށް ސައީދު ވިދާޅުވިއެވެ.

"މި މުޢާމަލާތްތައް އެކައުންޓުން ދެފަހަރު ކެނޑިފައިނުވާނެ. ކަސްޓަމަރުންނަށް އެކައުންޓުން ކެނޑިފައިވާ މުޢާމަލާތުގެ ތަފްސީލް އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ބަލާލެވޭނެ." ސައީދު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ