ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ޑިފެންޑަރަކަށް ސްޕެއިންގެ ޑިފެންޑަރު އަދި ކެޕްޓަސް ސާޖިއޯ ރާމޯސް ވެއްޖެއެވެ.
ރާމޯސް މިރެކޯޑު ހަދާފައިވަނީ ރޭ ޔޫއެފާ ނޭޝަންސް ލީގުގައި ޔޫކްރެއިންއާއި ދެކޮޅަށް ކުޅުނު މެޗުގައި ކާމިޔާބުކޮށްދިން ލަނޑާއެކުގައެވެ. ރޭގެ މެޗުން ޔޫކްރެއިންގެ މައްޗަށް ސްޕެއިނުން ކުރި ހޯދާފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގައި ރާމޯސް ދެ ލަނޑު ޖަހާފައިވާއިރު، ފުރަތަމަ ލަނޑަކީ އަންސޫ ފާޓީއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. އަދި ދެވަނަ ލަނޑު ޖަހާފައިވަނީ ބޮލުންނެވެ. މި ދެ ލަނޑާއެކު އޭނާ ސްޕެއިން ޤައުމީ ޓީމަށް ކާމިޔާބުކޮށްދިން ލަނޑުގެ އަދަދުވަނީ 23 އަށް އަރާފައެވެ. އަދި އާޖެންޓީނާގެ ކުރީގެ ޑިފެންޑަރު ޑެނިއެލް ޕަސަރެލާ ފަހަތަށް ޖައްސާލުމަށްފަހު ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ޑިފެންޑަރަކަށް ރާމޯސްވަނީ ވެގެން ގޮސްފައެވެ.
މީގެއިތުރުން ރޭގެ މެޗުގައި ރާމޯސް ކާމިޔާބުކޮށްދިން ދެ ލަނޑާއެކު ސްޕެއިންގެ ލެޖެންޑް އަލްފްރެޑޯ ދި ސްޓެފަނޯ ޤައުމީ ޓީމަށް ޖަހައިދިން ލަނޑުގެ އަދަދާވެސް ރާމޯސްވަނީ ހަމަހަމަކޮށްފައެވެ.
? Ramos scores AGAIN for Spain.
? He’s now Spain’s 8th all time top scorer.
5️⃣9️⃣ David Villa
4️⃣4️⃣ Raul
3️⃣8️⃣ Fernando Torres
3️⃣5️⃣ David Silva
2️⃣9️⃣ Fernando Hierro
2️⃣7️⃣ Fernando Morientes
2️⃣6️⃣ Emilio Butragueno
2️⃣3️⃣* Sergio Ramos
2️⃣3️⃣ Alfredo Di Stefano? He’s a centre back! pic.twitter.com/0CZ7MeQi6r
— SPORF (@Sporf) September 6, 2020
ސްޕެއިންއިން ކޮންޓްރޯލްކުރި މިމެޗުގައި ސްޕެއިނުން ޖެހި އަނެއް ދެ ލަނޑު ޖަހާފައިވަނީ އަންސޫ ފާޓީ އަދި ފެރެން ޓޮރޭސްއެވެ. ފާޓީ ރޭގެ މެޗުގައި ޖެހި ލަނޑާއެކު، ސްޕެއިންގެ ޤައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާއަށް އޭނާވަނީ ވެގެން ގޮސްފައެވެ.
ރޭގެ މެޗުގައި ޖެހި ލަނޑާއެކު ފާޓީ މިރެކޯޑު ހަދާފައިވާއިރު، އޭނާގެ އުމުރަކީ 17 އަހަރާއި 311 ދުވަހެވެ. މީގެކުރިން މިރެކޯޑު އޮތް ޔުއާން އެރަޒްކުއިން ސްޕެއިންއަށް ލަނޑު ޖަހައިދިންއިރު، އުމުރަކީ 18 އަހަރާއި 344 ދުވަހެވެ. އެރަޒްކުރއިން މިރެކޯޑު ހަދާފައިވަނީ 1925 ވަނަ އަހަރު ސްވިޒަލެންޑާއި ދެކޮޅަށް ކުޅުނު މެޗެއްގައެވެ. އެހެންކަމުން ފާޓީ މިރެކޯޑު މުގުރާލާފައި މިވަނީ 95 އަހަރު ފަހުންނެވެ.



