ފޮޓޯ؛ މަޖިލިސް ގެލެރީ

އިދިކޮޅު ކޯލިޝަނުން ބޭރު ޤައުމެއްގެ ޕަޕެޓަކަށް ނުވާނެ: އާދަމް ޝަރީފް

އިދިކޮޅު ކޯލިޝަނުން ބޭރުޤައުމެއްގެ ޕަޕެޓަކަށް ނުވާނެ ކަމުގައި ކުރީގެ ޑިފެންސް މިނިސްޓަރ އަދި މަޑުއްވަރީ ދައިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ބޭތިއްބުމާ ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލަމުންދާ ދުވަސް ކޮޅެއްގައެވެ. އެގޮތުން ސަރުކާރަށް ނިސަބްތަކޮށް އިންޑިއާއަށް ރާއްޖެ ވިއްކާލާ ކަމުގެ ތުހުމަތުވެސް އިދިކޮޅު ފަރާތްތަކުން ވަނީ ކޮށްފައެވެ.

މިއާއި އެކު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށްވެސް ވަނީ ބޮޑެތި ތުހުމަތު ތަކެއް ކުރައްވާފައެވެ. އެގޮތުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސިޔާސީ ހަރަކާތްތަކަށް ޗައިނާ އިން ޚަރަދު ކުރާކަމަށް ވިދާޅުވެފައެވެ.

އާޒިމް މިފަދަ ތުހުމަތެއް ކުރައްވާފައިވާއިރު ޗައިނާ އަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖެއާއި ވަރަށް ގާތް ގުޅުމެއް ބޭއްވި ޤައުމެކެވެ. އޭރުވެސް ރައީސް ޔާމީންއާއި އިދިކޮޅު ފަރަތްތަކުން ވަނީ ޗައިނާއާއި އެކު އޮންނަ ގުޅުމަށް ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒު ކުރައްވާފައެވެ.

އާޒިމްގެ މި ތުހުމަތު ތަކަށް ރައްދު ދެއްވަމުން މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެފައި ވަނީ އިދިކޮޅު ކޯލިޝަން އަކީ ސިޔާދަތާ ޤައުމިއްޔަތަށް ނުރައްކާވާނެ އަދި ބޭރު ޤައުމެއްގެ ޕަޕެޓަކަށް ވާނެ ބައެއް ނޫން ކަމަށެވެ.

"ބޭރު ޤައުމެއްގެ ސިފައިން ރާއްޖެ ހިފަން ގޮވާލައި، ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބެރު މީހުން ވެއްދުމަކީ ޕީޕީއެމް، ޕީއެންސީ ކުރާ ކަމެއް ނޫން" އާދަމް ޝަރީފް އުމަރު ވިދާޅުވެފައިވެއެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ބައިތިއްބުމަށް މި ސަރުކާރުން ނިންމާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާ ވާހަކަތަކާއި ގުޅިގެން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެފައިވަނީ އެއްވެސް ޤައުމެއްގެ ހަތިޔާރު އެޅި ސިފައިންނެއް ރާއްޖޭގައި ނެތްކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ