"2023 ގައި ގޭންގުތައް ފުނޑިގެންދާނެ"

ގޭންގު ކުށްތަކާއި، މަސްތުވާތަކެތީގެ މައްސަލައަކީ ޤަބޫލުކުރަން ބޭނުން ނުވި ނަމަވެސް ދިވެހިރާއްޖޭގައި ހިނގާ ކަންކަމެވެ. ނަމަވެސް އެފަދަ ފަރާތްކުގެ ވާހަކައަކީ ކެމްޕޭނުގައި އެކަނި ދައްކާ ވާހަކައަކަށް ވަނީ ވެފައެވެ.

ކެމްޕޭނުގައި މިވާހަކަތައް ދެއްކުމަށްފަހު ސަރުކާރަށް އައިސް މި ވާހަކަތައް ދައްކާތަން ނުފެންނައިރު އަބަދުވެސް ފެންނަނީ މިފަދަ ވާހަކަތައް ދައްކާ ފަރާތްތަށް ހޫނުފެނަށް ވެއްޓިގެން ދާތަނެވެ. ރާއްޖޭގައި ގޭންގްތަކެއް އޮތްކަން ޤަބޫލުކޮށް އަދުގެ ސަރުކާރުގެ މިނިސްޓަރަކުވެސް އެފަރާތްތަކާ މަޝްވަރާކުރާ ވާހަކަ ދެއްކިއެވެ. ނަމަވެސް އެކަންވެސް ވީ ގޯހަކަށެވެ.

ގޭންގުތަކަކީ ނައްތާލަންޖެހޭ އެއްޗެއްކަމަށް އަބަދުވެސް ބުނާ އެއް ބޭފުޅަކު މިއަދުވެސް އެބަ ފާހަގަކޮށްލެވެއެވެ. އެއީ "ގަޓު ރައީސް" އަށް ވުމަށްޓަކައި މަސައްކަތް ކުރަމުންދާ އުމަރު ނަސީރުކަމަށް ބުނުމަކުން ގޯހަކަށް ނުވާއެވެ. އުމަރުގެ ސްޓޭންޑް އުމަރު އެދަނީ އަދި އަދަށްދާންދެންވެސް ހިފަހައްޓަމުންންވެ.

އުމަރު ނަސީރު

ކުށްތަކުގެ ވާހަކަތައް އިތުރުވެފައިވާ މިދަނޑިވަޅުގައި އުމަރު ނަސީރު ވިދާޅުވީ، ޑްރަގްގެ މައްސަލައަށާއި ވައްކަމަށް ހައްލު ހޯއްދެވޭ ވަރުގެ ހަރުދަނާ ވެރިކަމެއް އަދި ނާންނަ ކަމަށާއި، ދިވެހިންގެ އިންތިޒާރަށް 2023 ގައި ނިމުން އަންނާނެ ކަމަށެވެ.

"ދިވެހިންގެ ތި އިންތިޒާރަށް އިރާދަކުރެއްވިއްޔާ 2023 ގައި ނިމުން އަންނާނެ. މީހުން މެރުމާއި، ޑްރަގް ވިއްކުމާއި، ގޭންގުތައް "ފުނޑިގެން' ދާނެ. އަމާން ޤައުމަކަށް ރާއްޖެ ބަދަލުވާނެ." އުމަރު ނަސީރު ވިދާޅުވިއެވެ.

އުމަރު ނަސީރު މިފަދަ އުއްމީދެއް ދެއްވިއިރު، އުމަރު އެކަން އެ ވިދާޅުވި މޭރުމުން ކޮށްފާނެ ކަމަށް ގިނަ ދިވެހިން ޤަބޫލުވެސް ކުރޭމެއެވެ. އެއީ ރައީސް ޔާމީންގެ ވެރިކަމުގައި އުމަރު ހޯމް މިނިސްޓަރަކަށް ހުންނެވިއިރު މަސްތުވާތަކެއްޗާއި ގޭންގުތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވަން ފެއްޓެވީތީވެސްމެއެވެ.

ގޭންގު މާރާމާރީއެއްގައި ލޭ އޮހޮރުވާލާފައި

އުމަރުގެ ހޯމް މިނިސްޓަރުކަމުގައި ގޭންގުތައް ކޮންޓްރޯލް ކުރަން ގޭންގު ލީޑަރުންގެ ފައިގައި ޓެގް އެޅުވިއެވެ. ނަމަވެސް ގޭންގުތަކާ ސަރުކާރުތަކާ އޮންނަ ގުޅުމުގެ މައްސަލަ ފެންމަތިވެ އެކަން ނިމުމަކަށް އައެވެ. އެއްބަޔަކު ޤަބޫލުކުރާ ގޮތުގައި އޭރު އުމަރު ސަރުކާރުން ބޭރުވާން ޖެހުނީވެސް އެ މައްސަލައިގައެވެ.

ގޭންގުތައް ނައްތާލައި، މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވައިފި ވެރިޔަކަށް ދިވެހިންގެ ތާއީދު އޮންނާނެކަން ޤައިމެވެ. ސުވާލަކީ އެފަދަ ވެރިޔަކަށް ދިވެހިން ފުރުޞަތު ދީފާނެތޯއެވެ. އުމަރު ނަސީރާއި ދިވެހިންގެ އުއްމީދުތަކާ ގުޅިފައިވާކަމަށް ގިނަ ބަޔަކ މިހާރުވެސް ޤަބޫލުކުރެއެވެ.

މިލިޔުން ކިޔާލުމުން
3
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ޒީ

    މި ރާއްޖޭގެ ވެރިއްކަށް ޢުމަރު ތީ ހައްލެއް. އެ ވާހަކަތަކަށް ވަރަށް ބޮޑަށް ތާޢީދު ކުރެވޭ. މަ ޢުނަރާއިއެކު.

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ