ރޯދަ ނުހިފައި ދުވާލު ކައިގެން 12 މީހުން ހައްޔަރު ކޮށްފި

މި ރަމަޟާން މަހު ދުވާލުގެ ވަގުތުގައި ކައިގެން 12 މީހުން ހައްޔަރުކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ، މި ރަމަޟާން މަހުގެ 15 ވަނަ ދުވަހާ ހަމައަށް ދުވާކު ކައިގެން 19 މައްސަލައެއް ރިޕޯޓް ކޮށްފައިވާ ކަމަށާއި، އެ މުއްދަތުގައި އެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވަނީ 12 މީހުން ކަމަށެވެ.

ފުލުހުން ވިދާޅުވީ، ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ، އަތޮޅުތަކުން ހައްޔަރުކުރި 3 މީހަކާއި މާލޭ ސިޓީން ހައްޔަރުކުރު 9 މީހުން ކަމަށެވެ.

ފުލުހުންނަށް ރިޕޯޓްކުރި 19 މައްސަލައިގެ ތެރެއިން 8 މައްސަލައަކީ އަތޮޅުތެރެއިން ރިޕޯޓްކޮށްފައިވާ މައްސަލަތައް ކަމަށާއި، މާލޭ ސިޓީން ރިޕޯޓް ކޮށްފައިވަނީ 11 މައްސަލަ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ރޯދަ ނުހިފައި ދުވާލު ކެއުމުގެ މައްސަލަތަކިގައި ކޮންމެ ރަމަޟާން މަހަކުވެސް މީހުން ހައްޔަރު ކުރެއެވެ. އަދި މަސްތުވާތަކެތީގެ މައްސަލަތަކުގައި މި ރަމަޟާން މަހު ގިނަ ބަޔަކު ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ