ކޮވިޑް-19: ރަޝިއާ އިން އުފެއްދި ވެކްސިން އާއްމުންނަށް ދެނީ!

ކޮވިޑް-19 އަށް ދުނިޔޭގައި ފުރަތަމަ އުފެއްދި، ރަޝިއާގެ ކޮވިޑް-19 ގެ ވެކްސިން އާއްމުންނަށް ދޭން ފަށައިފިއެވެ.

ރަޝިއާގެ ހެލްތް މިނިސްޓްރީ އިން ބުނެފައިވަނީ، ކޮވިޑް-19 ގެ ވެކްސިން "ސްޕްޓްނިކް ވީ" އާއްމުންނަށް ދޭން  ކަމަށާއި ކުރިއަށް އޮތް ތަނުގައި އެހެން ގައުމުތަކަށް ވެސް މި ވެކްސިން ފޯރުކޮށްދޭނެ ކަމަށެވެ.

ރަޝިއާ އިން އުފައްދާފައިވާ ކޮވިޑް-19 ގެ ފުރަތަމަ ވެކްސިން "ސްޕްޓްނިކް ވީ" ރަޖިސްޓަރ ކޮށްފައިވަނީ އޮގަސްޓް މަހުގެ 11 ވަނަ ދުވަހުއެވެ.

ގެމާލިޔާ ނޭޝަނަލް ރިޝާޗް ސެންޓަރ އޮފް އެޕިޑެމިލޮޖީ އެންޑް މައިކްރޮބައިލޮޖީ އޮފް ދަ މިނިސްޓްރީ އޮފް ހެލްތް އޮފް ރަޝިއާ އިން އުފައްދާފައިވާ ސްޕްޓްނިކް ވީ ގެ ފުރަތަމަ ބެޗް އާއްމުންނަށް ދޭން ފަށާފައިވާ ކަމަށާއި މި ވެކްސިންގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް ޓެސްޓްތައް ވެސް ހަދާފައިވާ ކަމަށް ރަޝިއާގެ ހެލްތް މިނިސްޓްރީ އިން ބުނެފައިވެއެވެ.

ރަޝިއާގެ ވެރިރަށް މޮސްކޯގެ މޭޔާ ސާގޭ ސޮބާޔަނިން އާދިއްތަ ދުވަހު ބުނެފައިވަނީ މޮސްކޯގެ ރައްޔިތުންގެ ތެރެއިން ދެބައިކުޅަ އެއް ބަޔަށްވުރެ ގިނަ މީހުންނަށް ކުރިއަށް އޮތް މަސްތަކުގައި ވެކްސިން ދެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ