ފޮޓޯ: ޓްވިޓާ

އިންޑިއާގެ 2 އަސްކަރީ މަތިންދާބޯޓު ހަނިމާދޫއަށް ޖައްސައިފި

އިންޑިއާގެ 2 އަސްކަރީ މަތިންދާބޯޓު ހަނިމާދޫއަށް މިއަދު ޖައްސައިފިއެވެ.

މިއަދު ހެނދުނު ހަނިމާދޫ އެއާޕޯޓަށް ޖައްސާފައިވަނީ ޑޯނިއާ-228 މަރުކާގެ 2 މަތިންދާބޯޓެވެ. މި 2 ބޯޓު ޖައްސާފައިވަނީ ހެނދުނު 10:15 ހާއިރު އެވެ.

ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާލުވި ދުނިޔޭގެ އެންމެ ބާރަށް ކޮވިޑް-19 ފެތުރެމުންދާ ގައުމު ކަމަށްވާ އިންޑިއާގެ އަސްކަރީ2 މަތިންދާބޯޓު މިއަދު ހަނިމާދޫ އަށް ޖައްސާފައިވާ ކަމަށާއި ބޯޓުތައް އެމްއެންޑީއެފް ގެ ރާޑަރަށް ނާރާ ކަމަށެވެ. އަދި ފްލިޓްތައް އަންނަކަން ކައުންސިލަށް އަންގަނީ ދާއިރާގެ މަޖިލިސް މެންބަރު ކަމަށާއި މި ބޯޓުން އަންނަ ސިފައިން ރަށުތެރެއަށް އެރުމަށް ހަމަޖެހިފައިވާއިރު އެޗްޕީއޭ އިން ނިދާފައިކަމަށް ޝިޔާމް ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މިއަދު އިންޑިއާގެ 2 އަސްކަރީ މަތިންދާ ބޯޓު ހަނިމާދޫއަށް ޖައްސާފައިވަނީ ދިވެހި ރާއްޖޭގެ ސިފައިންނާއި އިންޑިއާގެ ނޭވީ ސިފައިން ގުޅިގެން ހިންގާ އޮޕަރޭޝަނަކަށް ކަމަށެވެ.

އިދިކޮޅު ގިނަ އަދަދެއްގެ ބަޔަކު އިންޑިއާ އިން ރާއްޖެއަށް އަތްގަދަ ކުރަމުންދާ ކަމަށް ބުނެ “އިންޑިއާއައުޓު” ގެ ނަމުގައި ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ފައްޓާފައިވެއެވެ. އެގޮތުން ގިނަ ބަޔަކު އަންނަނީ މި ގައުމަށް އިންޑިއާ އިން އެހީތެރިކަން ދެނީ އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖޭގައި ބެހެއްޓުމަށް ކަމަށް ބުނަމުންނެވެ. ނަމަވެސް ސަރުކާރުން ވަނީ އެކަން ދޮގު ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
126
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ