ސުޝާންތްގެ ލޯބިވެރިޔާ ރިއާ ހައްޔަރުކޮށްފި

ދަންޖެހިގެން މަރުވެފައި ހުއްޓާފެނުނި ބޮލީވުޑްގެ އެކްޓަރު ސުޝާންތް ސިންހް ރާޖްޕުތްއާއި ލޯބީގެ ގުޅުމެއް އޮތް ރީއާ ޗަކްރަބޯތީ ޙައްޔަރުކޮށްފިއެވެ.

އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއިން ރިއާ މިއަދު ޙައްޔަރުކޮށްފައިވަނީ ސުޝަންތްގެ މަރާއި ގުޅުން ހުރި މަސްތުވާތަކެތީގެ މައްސަލައެއްގައެވެ. ރިއާގެ އިތުރުން އޭނާގެ ކޮއްކޮ ޗޮވިކްއާއި ސުޝާންތު ހުރި ގޭގެވެރިޔާ ސަމުއެލް މިރިންޑާވެސް މަސްތުވާތަކެތީގެ މިމައްސަލާގައި މިދިޔަ ހަފްތާގައި ޙައްޔަރުކޮށްފައިވެއެވެ. އެހެންނަމަވެސް އެމީހުން މައްޗަށް ކުރާ ދަޢުވާއެއް އަދިވެސް ހާމަކޮށްފައެއް ނުވެއެވެ.

އުމުރުން 28 އަހަރުގެ ރިއާ ހައްޔަރު ކުރިިއިރު، އޭނާ މަސްތުވާތަކެތި ބޭނުން ކުރި ކަމާއި، އޭނާ މަސްތުވާތަކެތި ސުޝްންތްއަށް ފޯރުކޮށްދިން ކަމަށް ވަނީ އެއްބަސްވެފައެވެ.

ސުޝާންތު އިންޑިއާގެ މުމްބާއީގައި އޭނާ ދިރިއުޅެމުންދާ ފްލެޓްގައި ދަންޖެހި މަރުވެފައި ހުއްޓާ ފެނިފައިވަނީ މިއަހަރުގެ ޖޫން 14 ގައެވެ. ސުޝާންތުގެ މަރާއި ގުޅިގެން ބޮލީވުޑްގެ މަޝްހޫރު ތަރިންނާއި ޕްރޮޑިއުސަރުން އަދި ޑައިރެކްޓަރުންނާއި ދެކޮޅަށްވެސް ތުހުމަތުތަކެއް ކުރެވި ފުލުހަށް ހާޒިރުކުރެވިފައިވެއެވެ. މީގެ ތެރޭގައި ސަލްމާން ޙާން، ކަރަން ޖޯހަރު އަދި ސަންޖޭ ލީލާ ބަންސާލީ ހިމެނެއެވެ.

އުމުރުން 34 އަހަރުގެ ސުޝާންތު މަރުވިއިރު، އޭނާ އައީ ޑިޕްރެޝަނަށް ބޭސްކަމުންނެވެ. އަދި މިމައްސަލާގައި ފުލުހުން ބުނެފައިވަނީ އޭނާ މަރުވެފައިވަނީ އަމިއްލައަށް ކަމަށެވެ.

ސުޝާންތު ސިންގް ރާޖުޕުތުގެ މަރާއި ގުޅިގެން ރިއާ އާއި ދެކޮޅަށް ސުޝާންތުގެ ބައްޕަ، ކޭކޭ ސިންގް މީގެ ކުރިން ވަނީ ސީރިޔަސް ތުހުމަތުތަކެއްކޮށް ފުލުހަށް މައްސަލަ ހުށަހަޅާފައެވެ.

ރިޕޯރޓްތައް ބުނާގޮތުން ސުޝާންތުއާއި ރިއާ ލޯބީގެ ގޮތުން ގުޅިފައިވަނީ 2019 ވަނަ އަހަރުގެ ހޫނު މޫސުމުގައެވެ. އަދި އެއަހަރުގެ ޑިސެމްބަރު މަހު ދެމީހުން ދިރިއުޅުން އެއްގެއަކަށް ބަދަލުކޮށްފައިވާއިރު، މިއަހަރުގެ ޖޫން 8 ގައި ރިއާވަނީ ޢާއިލާ ކައިރިއަށް އަލުން ދިރިއުޅުން ބަދަލުކޮށްފައެވެ. އެއީ ސުޝާންތު މަރުވުމުގެ އެއްހަފްތާކުރިންނެވެ. ސުޝާންތު މަރުވިއިރު ރިއާ އުޅުނީ ޢާއިލާއާއެކުއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ