އިންސްޓިއުޓް އޮފް ހޮލީ ޤުރުޢާންގެ 7 ވަނަ ޤުރުއާން މުބާރާތް "އަންހާރު 1440" މިއަދު ހެންދުނު ސޮސައިޓީ ފޯރ ހެލްތު އެޑިޔުކޭޝަންގެ ސެމިނަރ ރޫމްގައި ފަށައިފިއެވެ.
މިމަހުގެ 25 ން 27 އަށް ކުރިޔަށްދާ މިމުބާރާތުގައި މި އިންސްޓިޓިއުޓްގެ މާލޭގައި ކުރިޔަށް ގެންދާ 3 ކެމްޕަހުގެ ދަރިވަރުންގެ އިތުރުން ރަށްރަށުގައި ހުންނަ މިކެމްފަހުގެ 7 އައުޓްރީޗް ސެންޓަރުންނާއި އަދި މާލޭގައި ކުރިޔަށްދާ ބައެއް ޤުރުއާން ކުލާސްތަކުންވެސް ބައިވެރިވިއެވެ.
މިމުބާރާތުގެ މަޤުޞަދަކީ އިންސްޓިޓިއުގެ ދުރުރާސްތާ ލަނޑުދަނޑި ހާސިލް ކުރުމާއި އަދި މުބާރާތްތަކުގައި ޤުރުއާން ކިޔެވުމަށް ޝަޢުޤުވެރިވާ ދަރިވަރުންނަށް އެފުރުސަތު ދިނުމެވެ. އެގޮތުން މިފަހަރު ބުބާރާތުގައި ތުއްތު ކުދިންގެ އިތުރުން ސެޓްފިކޭޓް ލެވެލް 1 ން ފެށިގެން އެސޯސިއޭޓް ޑިގްރީއަށް ކިޔަވާދަރިވަރުންނަށް ވާދަކުރުމުގެ ފުރުސަތު ލިބިގެންދިޔައެވެ.

3 ދުވަހަށް ކުރިޔަށް ގެންދެވޭ މިމުބާރާތް އިންސާފުކޮށްދެވަނީ އަލްޤާރީ މޫސާ އަޙްމަދު އަދި މުޙައްމަދު އިސްމާއިލްއެވެ.
އެކިއެކި ފަރާތްތަކުގެ ސްޕޮންސަރ އާއިއެކު ކުރިޔަށް ގެންދެވޭ މިމުބާރާތަށް ލިބޭ ތަރުހީބު އަހަރުން އަހަރަށް ރަނގަޅުވަމުންދާކަން އެ ސެންޓަރުން ފާހަނގަ ކުރައްވައެވެ.