އާދަމް ޝަރީފް އުމަރު - ފޮޓޯ: މަޖިލިސް

އަނިޔާވެރި ޙުކުމެއްކުރި މީހަކު ފަނޑިޔާރު ކަމަށް އިސްކުރުމަކީ ބިރުވެތިވާންޖެހޭ ކަމެއް: އާދަމް ޝަރީފް

އަނިޔާވެރި ޙުކުމް ކޮށްފައިވާ މީހުން ފަނޑިޔާރު ކަމަށް އިސްކުރުމަކީ ބިރުވެތިވާންޖެހޭ ކަމެއްކަމުގައި ކުރީގެ ޑިފެންސް މިނިސްޓަރ އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފްއުމަރުވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އަނިޔާވެރި ޙުކުމް ކޮށްފައިވާ ފާސިޤުންނާއި ޒާލިމުން ފަނޑިޔާރު ކަމަށް އިސްކުރުމަކީ ބިރުވެތިވާންޖެހޭ ކަމެއްކަމަށާއި، ޕީޕީއެމް ޕީއެންސީގެ ވެރިކަމެއްގައި ސްޕރީމް ކޯޓް އަށް އައްޔަން ކުރާނީ ޤާބިލް ފަނޑިޔާރުން ކަމަށެވެ.

"ޕީޕީއެމް ޕީއެންސީގެ ވެރިކަމެއްގައި ސްޕރީމް ކޯޓަށް އައްޔަން ކުރާނީ އިސްލާމީ ޝަރީޢާ ކިޔަވާ ވިދާޅުވެފައިވާ އުސްތާޛުންނާއި ހައިކޯޓުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ފަނޑިޔާރުން" އާދަމް ޝަރީފް އުމަރު ވިދާޅުވެފައިވެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައި މިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަލީ ރަޝީދު އައްޔަން ކުރެއްވުމާއި ގުޅިގެންނެވެ.

ޢަލީ ރަޝީދު ސްޕްރީމް ކޯޓަށް އައްޔަން ކުރެއްވުމުން ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީކަން ކުރެއްވި އަޙްމަދު ހައިލަމްވެސް ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ހައިލަމް ވަނީ ކުރީގެ ރައީސެއްގެ ޝަރީޢަތް ކުރެއްވި ފަނޑިޔާރު ނޫން ފަނޑިޔާރަކު ސުޕްރީމް ކޯޓަށް ލާން ނެތީތޯ ސުވާލު ކުރައްވާފައެވެ. އަދި ހައި ކޯޓުގައި ތިއްބެވި ތަޖުރިބާ ލިބިފައިވާ ފަނޑިޔާރުންވެސް އެއްވެސް ބަޔަކަށް ނުވިކަމަށް ހައިލަމް ވިދާޅުވެފައިވެއެވެ.

ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ގާޒީ ޢަލީ ރަޝީދު އައްޔަން ކުރައްވާފައި ވަނީ އިއްޔެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ