އިންޑިއާގައި އުމުރުން 86 އަހަރުގެ އަންހެނަކު ރޭޕްކޮށްފި

އިންޑިއާގައި އުމުރުން 86 އަހަރުގެ އަންހެނަކު ރޭޕްކޮށްފިއެވެ.

މައުލޫމާތު ލިބޭގޮތުގައި މިހާދިސާ ހިނގައިފައިވަނީ މިދިޔަ ހޯމަދުވަހު އުމުރުން 86 އަހަރުގެ މި އަންހެން މީހާ އެމީހާގެ ގޭކުރިމަތީ ކިރު ގެނެސްދޭ މީހާގެ އިންތިޒާރުގައި ހުއްޓައެވެ.

މީޑިއާއަށް މައުލޫމާތު ދެމުން އިންޑިއާ ފުލުހުން ބުނެފައިވަނީ މި އަންހެން މީހާ ރޭޕްކޮށްފައިވަނީ އުމުރުން 30ގެ އަހަރުތައް ގުނަމުންދާ ފިރެހެނެއް ކަމަށާއި އަދި ރޭޕްކޮށްފައިވަނީ އަންހެންމީހާ އެމީހާގެ ގޭ ކުރިމަތީ ކިރު ގެނެސްދޭ މީހާގެ އިންތިޒާރުގައި ހުއްޓާ ކިރު ގެނެސްދޭ މީހާ ނާދެވޭނެ ކަމަށް ބުނެ ކިރު ލިބޭނެ ތަނަކަށް ގެންގޮސްދޭނެ ކަމަށް ބުނެ ދަނޑަކަށް ގެންގޮސް ކަމަށެވެ.

"ރޭޕިސްޓް އަންހެން މީހާ ކައިރިއަށް އައިސް ބުނެފައިވަނީ ކިރުގެނެސްދޭ މީހާއަށް މިއަދު ނޭދެވޭނެ ކަމަށާއި އަދި ކިރު ލިބޭތާކަށް ގެންގޮސްދީފާނެ ކަމަށް" ދިއްލީ ފުލުހުން ވިދާޅުވިއެވެ.

އުމުރުން ދުވަސްވީ އަންހެން މީހާ ރޭޕިސްޓް ބުނި ބުނުމަށް އެމީހައާއެކު ދިއުމުން އަންހެންމީހާ ގެންގޮސްފައިވަނީ ދަނޑަކަށް ކަމަށާއި އަދި ދަނޑަށް ގެންގޮސް އެ އަންހެންމީހާ އަށް ގަދަކަމުން ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އަންހެންމީހާ ރޭޕިސްޓުގެ އަތްދަށުން ސަލާމަތްވި ކަމަށްވަނީ އެދަނޑުތައް ކައިރިން ދިޔަ ބަޔަކަށް އަންހެން މީހާގެ ރުއިމުގެ އަޑު އިވިގެން ކަމަށާއި އަންހެން މީހާ ރޭޕިސްޓުގެ އަތްދަށުން ސަލާމަތް ކުރިއިރު އަންހެންމީހާ އަށް ޖިސްމާނީ އެތައް އަނިޔާއެއް ދީފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

އިންޑިއާ ފުލުހުން އަންނަނީ މި އަމަލު ހިންގި މީހާގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމަށް ކޯޓުގައި ދައުވާ ކުރުމަށް ތައްޔާރު ވަމުންނެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ