ފޮޓޯ:އެމްއެންޑީއެފް

ކުޅުދުއްފުށީ މަރު ކޮވިޑު މަރަކަށް ނިންމުމާއެކު އަދަދު 31 އަށް

ހދ. ކުޅުދުއްފުށީ ސިޓީއިން ރޭގައި ނިޔާވި މީހާ ނިޔާވެފައިވަނީ ކޮވިޑް-19 ގެ ސަބަބުންކަމަށް އެޗްޕީއޭއިން ނިންމުމާއެކު، ރާއްޖެއިން ކޮވިޑުގައި ނިޔާވި މީހުންގެ އަދަދު 31 އަށް އަރައިފިއެވެ.

ކުޅުދުއްފުށީ ސިޓީއިން ރޭ ނިޔާވެފައިވަނީ ކަރަންޓީނު ފެސިލިޓީ އެއް ކަމަސްވާ ކޭޕީއެލް ކެޕީއެލް ގެސްޓްހައުސް ގައި އައިސޮލޭޝަންގައި ހުރި މީހެކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، ކުޅުދުއްފުށީ ސިޓީއިން ރޭ ނިޔާވެފައިވަނީ ކެންސަރަށް ފަރުވާހޯދަމުންދިޔަ އުމުރުން 58 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އަދި އެމީހާއަކީ މަލެއިން އައިސް ހއ. ކެލާގައި ހޯމްކަރަންޓީނުގައި ހުރި މީހެއްކަމަށާއި، އެމީހާ ހދ. ކުޅުދުއްފުއްޓަށް ދަތުރުކޮށްފައިވަނީ ބަލިހާލަތު ގޯސްވެގެންކަމަށްވެސް އެޗްޕީއޭއިންވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 ގައި މިއަދު ހަވީރުވެސް ދިވެހި ފިރިހެނަކުވަނީ ނިޔާވެފައެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދަނިކޮށ މިއަދު އިރުއޮއްސި 06:24 ގައި ނިޔާވި އެމީހަކީ މިބަލީގައި ރާއްޖެއިން ނިޔާވި 30 ވަނަ މީހާކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިންވަނީ ވިދާޅުވެފައެވެ. އަދި ކުޅުދުއްފުށީ ސިޓީއިން ރޭ ނިޔާވެފައިވާ މީހާވެސް ނިޔާވެފައިވަނީ ކޮވިޑް-19 ގައި ކަމަށް ނިންމުމުން ކޮވިޑްގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދުވަނީ 31 އަށް އަރާފައެވެ.

ކުޅުދުއްފުށިން ނިޔާވި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ