ވައިގެ މަގުން ބަންގްލަދޭޝްއިން ރާއްޖެއައި އެ ޤައުމުގެ ރައްޔިތެއްގެ އަތުން މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.
ކަސްޓަމްސް އިން ވިދާޅުވީ، 08 ސެޕްޓެމްބަރ 2020 ވަނަ ދުވަހުގެ ރޭ ރާއްޖެ އައި އުމުރުން 28 އަހަރުގެ ފިރިހެނެއްގެ ލަގެޖް ކަސްޓަމްސް އިން ބަލައި ފާސްކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސްއަށް ޝައްކުކުރެވޭ ހިކިފަތްތަކެއް ފެނިގެން އެތަކެތި ފުރަތަމަ މަރުހަލާގައި ތަޙްލީލްކުރިއިރު ކެނަބިސް (Cannabis) އަށް ވަނީ ޕޮޒިޓިވް ވެފައި ކަމަށެވެ.
އަދި މީނާގެ ލަގެޖްގެ ތެރެއިން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންގްއާއެކު 4.448 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު ގާތްގަޑަކަށް 3.558,400 (ތިންމިލިއަން ފަސް ލައްކަ ފަންސާސް އައްހާސް ހަތަރު ސަތޭކަ) ރުފިޔާއަށް އަރާނެ ކަމަށްވެސް ކަސްޓަމްސް އިން ވިދާޅުވިއެވެ.
ކަސްޓަމްސް އިން އިތުރަށް ވިދާޅުވީ، މިމައްސަލައިގައި ޝާމިލްވާ މީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައި ކަމަށެވެ.
ބަންގްލަދޭޝްއިން ރާއްޖެ އައި މީހެއްގެ އަތުން 4.448 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި. pic.twitter.com/9pXd4ZEsjI
— Maldives Customs (@CustomsMv) September 9, 2020