ރައީސް ސޮލިހް އަދި މަޖިލީހުގެ ރައީސް ނަޝީދު / ފޮޓޯ: އަވަސް

ރައީސް ނަޝީދަށް ފިޔަވަޅު އެޅުމަށް ހުށައަޅައިފި

އެމްޑީޕީގެ ރައީސް ރައީސް މުޙައްމަދު ނަޝީދު ޕާޓީގެ އަސާސީ ޤަވާއިދާ ޚިލާފަށް އަމަލުކުރެއްވުމާއި، ޕާޓީ ތަމްޞީލް ކުރެއްވުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އުފުއްލެވުމުގައި އަމިއްލަ މަސްލަހަތު އިސްކުރެއްވުމާއި، ޕާޓީގެ ރައީސްކަމުގެ މަޤާމުގައި ހުންނަވައިގެން ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ސިޔާސީ ނުހަމަ ނުފޫޒް ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ކުރައްވަމުން ގެންދެވުން ތަކުރާރު ކުރައްވާތީ އެކަން ހުއްޓުވުމަށް ކުރެއްވެން ހުރި އެންމެހާ މަސައްކަތް ޕާޓީގެ ޗެއަރ ޕާސަންގެ ހައިސިއްޔަތުން ހަސަން ލަތީފް ކޮށްދެއްވުމަށް އެދި އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީގެ ނާއިބު މުޤައްރިރު ފުރަހަނި ޝުޢައިބު ޢަލީ ދަންނަވާފިއެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއަރޕާސަން އޮނޮރަބަލް އަލްއުސްތާޛު ހަސަން ލަތީފް އަށް، އެޑްރެސް ކުރައްވައި ރައީސް ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ ޑެޕިޔުޓީ އަންޑަރސެކްޓްރީ ކަންވެސް ކުރައްވާފައިވާ އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީގެ ނާއިބު މުޤައްރިރު ފުރަހަނި ޝުޢައިބު ޢަލީ ސޮއިކުރައްވައި ފޮނުއްވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އޮނޮރަބަލް އަލްއުސްތާޛު ފައްޔާޒް އިސްމާއިލް ވަޒީރެއްގެ ހައިސިއްޔަތުން އަދާކުރައްވަމުން ގެންދަވާ ޤާނޫނީ މަސްއޫލިއްޔަތުން އެކަހެރި ކުރެއްވުމަށް ޕާޓީގެ އުސޫލުތަކާއި ޚިލާފަށް ޕާޓީގެ ވަސީލަތްތައް ބޭނުންކުރައްވާތީ އެކަމަށް ފިޔަވަޅު އަޅައިދިނުމަށެވެ.

"ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ދޮށީ ސިޔާސީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުންނާއި ޕާޓީގެ ފަރާތުން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ރައީސް މުޙައްމަދު ނަޝީދުގެ ވިސްނުންފުޅު މިހާރު އެ ގެންގުޅުއްވަނީ ބަދަލު ހިއްޕެވުމުގެ ރޫޙުގައި ކަމަށް އަޅުގަނޑު ޤަބޫލު ކުރަމެވެ. އެ ރޫޙުގައި ޕާޓީގެ ރޫޙާނީ ލީޑަރ އަދި ޕާޓީގެ އާންމު މެންބަރުގެ ނުހަނު ލޯބި ލިބިލައްވާ ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ޕާޓީގެ އުސޫލުތަކާއި ހަމަތަކާއި ޤާނޫނު އަސާސީ އިން ރައީސުލްޖުމްހޫރިއްޔާ އަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަޣުލަބިއްޔަތަށް އެކަނި ލިބިފައިވާ ބާރެއްގެ ބޭނުން ރައީސް ނަޝީދު ޕާޓީގެ ވަސީލަތްތައް ނުހަމަ ގޮތުގައި ބޭނުންކުރައްވަން ފެއްޓެވުމަކީ ބަލައިގަނެވޭނެ ކަމެއްނޫނެވެ. ކުރައްވައިގެން ވާނެކަމެއް ނޫނެވެ. އެކަން ޕާޓީގެ ފަރާތުން ހުއްޓުވަން ހުންނެވި ފަރާތަކީ ޕާޓީގެ ޗެއަރޕާސަންކަމުގެ މަޤާމުގައި މިވަގުތު ހުންނެވި މަނިކުފާނުކަން ފާހަގަ ކުރަމެވެ." ފުރަހަނި ޝުޢައިބުގެ ސިޓީގައި ބުނެފައިވެއެވެ.

2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ވެރިކަން ވައްޓާލީ 7 ފެބްރުއަރީ 2012 ވަނަ ދުވަހު ބަޣާވާތަކުން ކަމަށާއި އެއީ އަޅުގަނޑުމެންގެ ޕާޓީގެ މެންބަރުންނާއި ރާއްޖޭގެ އެތައްހާސް ރައްޔިތުން އެކަމާ ހިތާމާކޮށް ލޮލުން ކަރުނަ ފާއްދާލި ދުވަހެއް ކަމަށާއި ރައީސް ނަޝީދުއާއި ޕާޓީގެ އެތައް ލީޑަރުންގެ ފުރާނަފުޅަށް ނުރައްކާވެ އާންމު މެންބަރުނަށާއި ވެރިންނަށް ޖިސްމާނީ އެތައް އަނިޔާތަކެއް ލިބުނު ދުވަހެއް ކަމަށް ޝުޢައިބުގެ ސިޓީގައި ވިދާޅުވިއެވެ. އެހެނަސް ރާއްޖެއާއި ބައިނަލްއަޤުއާމީ ދުނިޔެއިން އެމައްސަލަ ބެލުމަށްފަހު ކަނޑައެޅީ އެ ހާދިސާއަކީ ބަޣާވާތެއް ނޫންކަމަށާއި ޖަޒުބާތެއް ކަމަށާއި އަދި އެ ނިންމުން އަޅުގަނޑުމެންގެ ޕާޓީން ވަނީ ބަލައިގަނެ އެބަޣާވާތް ރާވާހިންގެ އެންމެ އިސްބޭފުޅުންނާއެކީ އަލުން ކޯލިޝަން ހައްދަވައިގެން އަނބުރާ އެމްޑީޕީ ވެރިކަމަށް އައުމަށް މަސައްކަތް ކުރިކަމަށް ވިދާޅުވިއެވެ.

"މިއަދު މިހިނގަނީ އެވެރިކަމެވެ. ރައީސުލްޖުމްހޫރިއްޔާ އަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްކަން ހޯއްދެވި ރައީސުލްޖުމްހޫރިއްޔާ އަލްފާޞިލް އިބްރާހީމް މުޙައްމަދު ޞޯލިޙްއެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަން ބަޣާވާތަކުން ވައްޓާލުމަށްފަހު ރައީސްޔާމީންގެ ވެރިކަން އައިސް އެވެރިކަމުގައި ހިނގާދިޔަ ކަންކަމުގައި ދައުލަތައް އެންމެ ބޮޑު ގެއްލުމެއް ލިބުނު ކަމަކަށްވެގެން ދިޔައީ ޤާނޫނު އަސާސީއަށް ބަދަލުގެނެސް ރާއްޖޭގެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކުމަށްގެނައި އިސްލާހާއި ނާއިބުރައީސަކަށް ހުންނަ މީހާގެ އުމުރަށް ބަދަލުގެނެސް 24 ގަޑިއިރުތެރޭ އެގެނައިން އިސްލާހުތަކެވެ." ޝުޢައިބު ބުނެފައިވެއެވެ.

މި އިޞްލާހުތަކަށް އެމްޑީޕީގެ ޕާލިމަންޓް މެންބަރުން ވޯޓުދިނުމަށް މަޖުބޫރުވި ސަބަބަކީ، އަޅުގަނޑުމެންގެ ހިތްތަކުގެ ރައީސް އަދި ޕާޓީގެރޫޙާނީ ލީޑަރ ރައީސް ނަޝީދުގެ މައްޗަށް ހަވާ ފަޓާސްބަރިއެއްހެން ނާއިންސާފު ޝަރީއަތް ހިންގާ ރައީސް ނަޝީދު ދިގުމުއްތަކަށް ޖަލަށް ލާފައިއޮތުން ކަމަށާއި ރައީސް ނަޝީދު ޖަލުން ގެއަށް ބަދަލުކޮށް ރާއްޖެއިން ބޭރަށް ބޭސްވަރުވާއަށް ފޮނުވުމަށް ކަމަށާއި އެންމެ ފަރުދަކު މިނިވަންކުރުމަށްޓަކައި މުޅި ޕާޓީއާއި ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ޤުރުބާން ކުރީ ކަމަށް ޝުޢައިބު ވިދާޅުވިއެވެ. އަދި އެދުވަސް މާޒިވެއްޖެ ކަމަށާއި ގާތް އެކުވެރި ކިތަންމެ ބަޔަކާ ޚިޔާލު ތަފާތުވާން ޖެހުނަސް މިވާހަކަ މަނިކުފާނަށް ދެންނެވުމަށް އަޅުގަނޑު އަޒުމް ކަނޑައަޅައިފައިވާ ކަމަށް ވިދާޅުވިއެވެ.

"ވެރިކަމުގެ ލައްޒަތާއި އިއްޒަތާއި އާރާ ބާރަކީ އިންސާނާ ދުނިޔެއަށް މޮޔަކުރާ އެއްޗެކެވެ. މިހަޤީގަތް ދުނިޔެއާއި ދިވެހި ތާރީޚުން ދިރިދިރި ފެންނަން އެހެރީއެވެ. މިއަދު ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބޮޑު ބަދަލެއް ގެނެސް ރައީސް ނަޝީދު ބޮޑުވަޒީރަކަށް ވުމަށް ދެކޭ ހުވަފެން ހަޤީތަކަށް ހެދުމަށް ރައީސް ނަޝީދު ބޭނުންފުޅުވެއެވެ. އެކަންކުރަން އަޅުގަނޑުމެން ނުހަނު މަސައްކަތުން އުފެއްދި ޕާޓީ ޤުބާކުރާކަށް އަޅުގަނޑުގެ ޒަމީރާއި ފިކުރު ޖާގައެއް ނުދެއެވެ. އަޅުގަނޑުމެންގެ ޕާޓީގެ އެންމެ އިސްލީޑަރ ރައީސުލްޖުމްހޫރިއްޔާ އަލްފާޞ ގެ އެންމެ އިސްލީޑަރ ރައީސުލްޖުމްހޫރިއްޔާ އަލްފާޞިލް އިބްރާހީމް މުޙައްމަދު ޞޯލިހުއެވެ. 5 އަހަރު ދުވަހުގެ ތެރޭގައި މި ވެރިކަން ބަދަލުކޮށް ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ޤާއިމްކުރާކަށް އަޅުގަނޑު ނުރުހޭނަމެވެ." ޝުޢައިބު ވިދާޅުވިއެވެ.

މި ސިޓީގައި ޝުޢައިބު އިތިރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަގުލަބިއްޔަތު ތެރެއިން ބޮޑުވަޒީރަކާއި ސަރުކާރު ހަވާލުކުރުމަކީ ޤައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ރައްކާތެރި ގޮތްކަމުގައި ނުދެކޭ ކަމަށާއި ބަރުލަމާނީ ނިޒާމެއްގައި ވަޒީރުންނަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަމަށާއި ޤާނޫނު އަސީސީގެ 5 ވަނަ ބާބުގައި ވަޒީރަކު އަދާކުރަންޖެހޭ ވާޖިބުތަކާއި ވަޒީރުން ޖަވާބުދާރީ ކުރުވަންޖެހޭގޮތް ސާފު އިބާރާތުން ބަޔާކޮށްފައި އޮތުމާއި އެމްޑީޕީގެ އަސާސީޤަވާއިދާއި ޕާލިމަންޓް ގްރޫޕްގެ ހިންގާ ޤަވާއިދާއި ޕާޓީގެ އެކި ގުނަންތަކުން އަމަލުކުރަންޖެހޭ ގޮތްވެސް ސާފު އިބާރާތުން ލިޔެ ބާޔާންކޮށްފައި އޮންނަކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތަބާވާންޖެހޭ އުސޫލުތައް މަޖިލީހުގެ ޤަވާއިދުގައި އޮންނަ ކަމަށާއި މިހެން މިކަން އޮއްވާ އަޅުގަނޑުމެންގެ ޕާޓީގެ ރައީސް ރައީސް ނަޝީދުގެ އަމިއްލަފުޅު މަސްލަހަތަށް އަނެއްކާވެސް ޕާޓީ ޤުރުބާންކުރުމަކީ ޤައްދާރުވުންކަމުގައި ދެކޭކަމަށް ވިދާޅުވިއެވެ.

"ޚިޔާލުތަފާތުވިޔަސް ޤައުމަށާއި ރައްޔިތުންނަށް ގެއްލުންލިބި ޕާޓީގެ ވެރިން އެކަކު އަނެއްކަކަށް ދެފުރަގަސް ޖައްސާ ހިސާބަށް މައްސަލަތައް ގެންދިއުމަކީ ރައްޔިތުން އިތުރަށް ނިކަމެތިވެ ހާސްކަމުގެ ތެރެއަށް ވެއްޓޭނެ ކަމެކެވެ. އެމްޑީޕީގެ ވެރިންގެ އިތުބާރު ރައްޔިތުންގެ ތެރޭގައި ގެއްލޭނެކަމެވެ." ފުރަހަނި ޝުޢައިބުގެ ސިޓީގައި ބުނެފައިވެއެވެ.

ޕާޓީގެ ރައީސް ރައީސް މުޙައްމަދު ނަޝީދު ޕާޓީގެ އަސާސީ ޤަވާއިދާ ޚިލާފަށް އަމަލުކުރެއްވުމާއި، ޕާޓީ ތަމްޞީލް ކުރެއްވުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އުފުއްލެވުމުގައި އަމިއްލަ މަސްލަހަތު އިސްކުރެއްވުމާއި، ޕާޓީގެ ރައީސްކަމުގެ މަޤާމުގައި ހުންނަވައިގެން ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އިން ރައީސުލްޖުމްހޫރިއްޔާ އަލްފާޞިލް އިބްރާހީމް މުޙައްމަދު ސޯލިޙު އަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ސިޔާސީ ނުހަމަ ނުފޫޒް ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ރައީސް މުޙައްމަދު ނަޝީދު ތަކުރާރު ކުރައްވާތީ އެކަން ހުއްޓުވުމަށް ކުރެއްވެން ހުރި އެންމެހާ މަސައްކަތް ޕާޓީގެ ޗެއަރ ޕާސަންގެ ހައިސިއްޔަތުން ހަސަން ލަތީފް ކޮށްދެއްވުމަށް އެދި ގޮވާލާކަމަށް ފުރަހަނި ޝުޢައިބުގެ ވިދާޅުވިއެވެ.

އަދި ރައީސުލް ޖުމްހޫރިއްޔާއާއި އިބްރާހީމް މުޙައްމަދު ޞޯލިޙްއާއި ޕާޓީގެ ރައީސް ރައީސް ނަޝީދުއާއި ދެބޭފުޅުން އެއްމޭޒުދޮށުގައި ބައިތިއްބައިގެން މި މައްސަލައަށް ސުލްޙަވެރި ހައްލު ހޯއްދަވާދެއްވުމަކީ ޕާޓީގެ ޗެއަރ ޕާސަން ހަސަން ލަތީފްގެ ޤާނޫނީ ވާޖިބެއްމަޖުބޫރު ކަމަށާއި ފަސްޖެހިވަޑައިގަތުމެއް ނެތި އިޙްތިރާމާއި އެކު ތަންފީޒުކޮށް ދެއްވުމަށް އެދިވަޑައިގަތެވެ.

މިލިޔުން ކިޔާލުމުން
211
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ފޭރޭ

    ޝުއެއިބަށް ވެސް އަންގާ ލަންކާގަ ހުރެގެން ކޮން ނާޖާއިސް ފައިދާ އެއްހޭ ތިނަގަނީ

    1
    2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ