40 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ފ. އަތޮޅުން ގދ. އަތޮޅަށް ވައިޓް އެލާޓް ނެރެފި

 

ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ފ. އަތޮޅުން ގދ.އަތޮޅަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން މިއަދު ނެރުނު ވައިޓް އެލާޓްގައި ބުނެފައިވަނީ، ފ. އަތޮޅުން ގދ. އަތޮޅާއި ދެމެދުގެ ރައްތަކަށް ހަވީރު 16:30 އިން މިރޭ 21:30 އާއި ދެމެދު ބޯކޮށްވާރެވެރި، ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހުން އެކަށީގެންވާ ކަމަށެވެ.

ކުރިއަށްއޮތް ވަގުތުތަކުގެ މޫސުން ލަފާކޮށް މެޓް އޮފީހުން ބުނީ، މެދުރާއްޖެތެރެއާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ، މީގެތެރެއިން ބައެއް ރަށްތަކަށް ބޯކޮށް ވާރެވެހުން އެކަށީގެން ވޭ. އުތުރު އަތޮޅުތަކަށް މެންދުރުފަހުން ކެރީގެއަސަރުކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.

ހުޅަނގުދެކުނާއި ހުޅަނގުން، މެދުރާއްޖެތެރެއާއި އުތުރު އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި، ދެކުނު އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި  18  މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެން ވޭ.” މެޓް އޮފީހުން ވިދާޅުވިއެވެ.

މެދުރާއްޖެތެރެއާއި އުތުރު އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށާއި ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ. އަދި ހުރިހާފަރާތްތަކުން މޫސުމަށް ސަމާލުވުމަކީ އެދެވިގެން ވާކަމެއް ކަމުގައި ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ