ބޮޑާވެ ގަތުމަކީ ނިޢުމަތްތައް ގެއްލޭ ކަމެއް ކަމަށް ޕީއެންސީގެ ނާއިބު ރައީސް, ވިލިމާލޭ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަޙްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.
ނިހާން މިހެން ވިދާޅުވީ، އެމްޑީޕީން މަޖިލިސް ރައީސް ހޮވުމުގައި ޕީޕީއެމް އާއި ޕީއެންސީގެ ވޯޓު ބޭނުން ނުވާ ކަމަށް މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯރޓްސް އަޙްމަދު މަޙްލޫފު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.
މަހުލޫފުގެ ޓްވީޓަށް ރިޕްލައި ކުރައްވާ ނިހާން އެހެން ވިދާޅުވެފައިވާ އިރު، އެ ރިޕްލައިގައި އިތުރަށް ވިދާޅުވެފައި ވަނީ މަޖިލީހުގައި ޕީއެންސީ ޕީޕީއެމް މެމްބަރުން މަދު ނަމަވެސް، އެއީ ރައްޔިތުންގެ އަޑު ކަމަށެވެ.
Izzatheri Wazeereve. Bodaa ve gathumakee Niunaiy thah gellidhaa Kamekeve. PPM PNC Majlis gai Membarunge Adhadhuge Gothun Madhu Namaves Eiee ves Raiyyithunge Adeve. ??
— Ahmed Nihan (@ahmed_nihan) May 25, 2019
މަޙްލޫފްގެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ، ވަކި މީހަކަށް ތާއީދު ކުރުމަކީ އަދި ނުކުރުމަކީ މައްސަލައެއް ނޫންކަމަށް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ރައީސް ނަޝީދުގެ ހިޔާލުފުޅުވެސް ތަފާތު ވެދާނެ ކަމަށެވެ.
"ޚިޔާލު ތަފާތުވުމަކީ މައްސަލައެއް ނޫން. ރައީސް ޞޯލިޙް އަދި ރައީސް ނަޝީދުގެ ޚިޔާލުފުޅުވެސް ތަފާތު ވެދާނެ. އެއީ އެއްބަޔަކު އަނެއް ބަޔަކަށް ވަގަށް ގޮވަންޖެހޭ ކަމެއްނޫން." މަޙްލޫފް ވިދާޅުވިއެވެ.
މަޙްލޫފް އިތުރަށް ވިދާޅުވީ، ތަފާތު ޚިޔާލުތަކަށް ޖާގަދޭން ދިވެހިންނަށް ދަސްކޮށްދިނީ އެމްޑީޕީން ކަމަށެވެ.
އަފީފް އާއި އަސްލަމްގެ އިތުރުން ވެސް މަޖިލީހުގެ ރައީސް ކަމަށް އެމްޑީޕީގެ ތެރެއިން ބައެއް ބޭފުޅުން ވާދަކުރައްވައެވެ. އެ ބޭފުޅުންނަކީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފެވެ.
އާ މަޖިލިސް ހުވާ ކުރުން އޮންނާނީ އަންނަ އަންގާރަ ދުވަހު ކަމަށްވާއިރު، އެ ދުވަހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ހޮވުން އޮންނާނެއެވެ.