މާފުށި ޖަލު--

މިދިޔަ މަހު ޖަލުތަކުން 18 ފޯނު އަތުލައިގަތް: ކަރެކްޝަން

މިދިޔަ މަހު މާފުށި އަދި މާލެ ޖަލުން 18 ފޯނު އަތުލައިގަތް ކަމަށް މޯލްޑިވްސް ކަރެކްޝަންސް ސަރވިސް އިން ބުނެފި އެވެ.

ކަރެކްޝަންސް މިދިޔަ މަހުގެ ތެރޭގައި މާލެ، ހުޅުމާލެ ޖަލާއި މާފުށި ޖަލުގެ އިތުރުން އައްސޭރި ޖަލުގައި ހިންގި އޮޕަރޭޝަންތަކުގެ މައުލޫމާތު ހާމަކޮށް ތަފާސްހިސާބުތައް މިއަދު ވަނީ އާންމުކޮށްފަ އެވެ. އެގޮތުން މާފުށި އަދި މާލެ އަތުލައިގަތް ތަކެތީގެ ތެރޭގައި ގިނައިން ހިމެނެނީ ފޯނާއި، ސިމް ކާޑު އަދި ފޯނު ޗާޖަރު ފަދަ ތަކެއްޗެވެ.

މާފުށީ ޖަލުން 16 ފޯނުގެ އިތުރުން، 25 ސިމް ކާޑު، 9 ފޯނު ޗާޖަރު، އަދި އޭގެ އިތުރުން ވެސް ޖަލުގައި ގެންގުޅުން މަނާ 16 ތަކެތި އަތުލައިގަނެފައިވެ އެވެ. އަދި މާލޭ ޖަލުން ވަނީ 2 ފޯނަކާއި 2 ފޯނު ބެޓެރި އަތުލާފައިވެ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ