ކޮރޯނާ ވައިރަހުގެ ބަލިމަޑުކަމުގެ ސަބަބުން ހީނަރުވެފައިވާ ސްރިލަންކާގެ ޓޫރިޒަމް އިންޑަސްޓްރީ ކުރިއެރުވުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން 4.9 މިލިއަން ޔޫރޯގެ ގްރެންޓެއް ދީފިއެވެ.
ލަންކާގެ ޓޫރިޒަމް މިނިސްޓްރީގައި ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެގައުމުގައި ހުންނަ އީޔޫގެ އެންބެސަޑާ ވިދާޅުވެފައިވަނީ މި އެހީ ދެނީ ލަންކާގެ ޓޫރިޒަމްގެ ސިނާއަތް ކުރިއެރުމަށް ކަމަށެވެ.
މި އެހީގެ ދަށުން ސީއެސްއާރް ޕޮރޮޖެކްޓްތަކާއި ކޮމިއުނިޓީ ބޭސްޑް ޕްރޮޖެކްޓްތައް އިތުކުރުމަށާއި މުވައްޒަފުންނަށް ޓްރެއިނިން އަދި ސިއްހީ ހިދުމަތްތައް ރަނގަޅު ކުރުމަށް ނިންމާފައި ވެއެވެ.
އެގޮތުން 54 ހޮޓަލަކަށް މި އެހީގެ ދިނުމަށް ވަނީ ހަމަޖެހިފައެވެ. ސީއެސްއާރު ޕޮރޮޖެކްޓް ތަކަށް 2،00،000 ޔޫރޯ ދޭއިރު 1 މިލިއަން ޔޫރޯ ދުނުމަށް ހަމަޖެހިފައިވަނީ ކޮމިއުނިޓީ ބޭސްޑް ޕްރޮޖެކްޓް ތަކަށެވެ.
ސްރިލަންކާގައި މިހާތަނަށް 3،155 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު މި ބަލީގައި ރަނގަޅުވެފައިވަނީ 2،955 މީހުނެވެ. އަދި މިހާތަނަށް 12 މިހުން މިބަލީގައި ވަނީ މަރުވެފައެވެ.




