ފޮޓޯ: ދަ އެޑިޝަން

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ހާއްސަ އީމެއިލްއެއް

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަ ކޮށްގެން މިނިސްޓްރީ އޮފް ޓޫރިޒަމް އިން އީމެއިލްއެއް ތައާރަފްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ،  ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އާއި ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އާއި އެކު ބޭއްވި ބައްދަލުވުމުގައި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަ އީމެއިލް އެއް ތައާރަފްކުރަން ނިންމާފައިވާ ކަމަށެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސްއަކަތް ކުރާ ހުރިހާ ފަރާތްތަކަށް ވެސް މި އީމެއިލް އަށް އެބޭފުޅުންގެ ހިޔާލުތަކާއި ޝަކުވާތައް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެސް ޓޫރިޒަމް މިނިސްޓރީ އިން ވިދާޅުވިއެވެ. ޓޫރިޒަމް މިނިސްޓްރީ އިން ތައާރަފް ކޮށްފައިވާ އީމެއިން އެޑްރެހަކީ [email protected] އެވެ.

ޓޫރިޒަމް މިނިސްޓަރު މައުސޫމް އާއި ޓީމް އިން ބޭއްވި ބައްދަލުވުމުގައި ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި މަސްއްކަތް ކުރާ މުވައްޒަފުންނަށް ދިމާވާ އެކި މައްސަލަތަކާއި ގުޅޭ ގޮތުން ވާހަކަ ދައްކާފައެވެ. އެގޮތުން އެތައް ބަޔަކު ވަޒީފާތަކުން ވަކި ކުރުމާއި މުވައްޒަފުންގެ ހެލްތް އެންޑް ސޭފްޓީ އާއި ގުޅޭ ގޮތުން ވާހަކަ ދައްކާފައެވެ.

ޓޫރިޒަމް މިނިސްޓަރު މައުސޫމް ވިދާޅުވެފައިވަނީ، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ޝަކުވާތައް ހުށަހެޅުމުން ޝުކުރު އަދާ ކުރާ ކަމަށާއި މި ކަމަކީ ވަރަށް ހިތާމަވެރި ކަމެއް ކަމަށެވެ. އަދި މި ކަންތައް ތަކުން އެންމެން ގުޅިގެން އަރައިގަނެވޭނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ