ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) ގެ އިންޓަނޭޓް ޚިދުމަތަށް ބުރޫ އަރައިފި އެވެ.
ޓެކްނިކަލްސް މައްސަލައެއްގެ ސަބަބުން ދިރާގުގެ އިންޓަރނެޓް ޚިދުމަތަށް ބްރޫއަރާފައިވާއިރު، މީގެ ސަބަބުން ބައެއް ކަސްޓަމަރުންނަށް މޯބައިލް ޑާޓާ ލިބުމުގައި މައްސަލަތަކެއް ދިމާވެފައިވާކަމަށް ދިރާގުން ބުންޏެވެ.
އަދި ވީހާވެސް އަވަހަކަށް މިމައްސަލަ ޙައްލުކުރެވޭތޯ މަސައްކަތް ކުރަމުންދާކަމަށްވެސް ދިރާގުން ބުންޏެވެ.
We are observing that some customers are having difficulty in using mobile data. We are working to rectify the issue at earliest. Apologies for the inconvenience.
— Dhiraagu (@Dhiraagu) September 11, 2020
އަދި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ދިރާގުންވަނީ މަޢާފަށްއެދިފައެވެ.
އާއްމު ގޮތެއްގައި ފިކްސްޑް ބްރޯޑް ބޭންޑް އިންޓަނެޓުގެ ހިދުމަތްތަކަށް ބުރޫ އަރަނީ ސަބްމެރިން ކޭބަލްއެއްގައި މައްސަލަ ޖެހިގެނެވެ. ނަމަވެސް މި ފަހަރު މައްސަލަ ދިމާވި ސީދާ ސަބަބެއް އެ ކުންފުނިން ބުނެފައެއް ނުވެއެވެ.





ހިޔާލު
Musalhu dhonbe
Hell