ނައިބު ރައީސް ފައިސަލް ނަސީމް ހަނިމާދޫ ކައުންސިލް މެންބަރުންނާއި ބައްދަލު ކުރައްވަނީ | ފޮޓޯ: ރައީސް އޮފީސް

ހަނިމާދޫއިން ގޯތި ދޫނުކުރެވިފައި ވަނީ މިނިސްޓްރީގެ ހުއްދަ ނުލިބިގެން: ކައުންސިލް

މިހާރު ހދ. ހަނިމާދޫއިން ގޯތި ދޫނުކުރެވިފައި ވަނީ ހައުސިންގ މިނިސްޓްރީގެ ހުއްދަ ނުލިބިގެން ކަމަށް ހަނިމާދޫ ކައުންސިލުން ބުނެފިއެވެ.

ހަނިމާދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަނިމާދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫނުކުރާތާ 8 އަހަރަށްވުރެ ދިގުމުއްދަތެއް ފާއިތުވެފައި ވަނިކޮށް، 2018 ވަނަ އަހަރު ކައުންސިލުން، ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމަށް ކައުންސިލުން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއްކޮށް، ފުރިހަމަ ކުރަންޖެހޭ ހުރިހާ އިޖްރާތުތަކެއް ފުރިހަމައަށް ހިމަނާ ގޯތިދޫކުރުމުގެ ހުއްދައަށްއެދި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗަރ އަށް ފޮނުވާ އަދި ގޯތި ދޫކުރުމުގެ ހުއްދަ ކުރީގެ ސަރުކާރުން މިކައުންސިލަށް ދިނުމުން އެކަމަށް އިޢުލާން ކުރެވި ފޯމު ހުށަހަޅާނިމި ގޯތި ދޫކުރުމާއި ގާތްވެފައިވަނިކޮށް، އެކަން މިކައުންސިލުންނަގާ، ކުންފުންޏަކާއި މަތިކޮށް އެކުންފުނިން އެމަސައްކަތްކޮށް ނިމުމުގެ ކުރިން ނުވަތަ ގޯތި ދޫކުރުމުގެ ކުރިން، އޭރުއޮތް ސަރުކާރު ބަދަލުވެފައިވާ ކަމަށެވެ.

އަދި މިސަރުކާރުގައިވެސް ގޯތި ދޫކޮށްދިނުން އެދި ފޮނުވަންޖެހޭ ހުރިހާ ލިޔެކިޔުމެއް ފޮނުވާފައި ވީނަމަވެސް، މިއަދާއި ހަމައަށްވެސް ގޯތި ދޫކުރުމުގެ ހުއްދަ ދެއްވާފައިނެތި އޮއްވާ ދާދިފަހަކުން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗަރ މުޙައްމަދު އަސްލަމް ލައިވް ނޫސް ކޮންފަރެންސެއްގައި ވިދާޅުވެފައިވާ ގޯތި ދޫކުރުން ހަމަޖައްސާފައިވާ ރައްތަކުގެ ލިސްޓްގައި ހަނިމާދޫ ހިމެނިފައިވުން ފިޔަވާ އަދާއި ހަމައަށްވެސް އިތުރު އެއްވެސް ހުއްދައެއް ގޯތި ދޫކުރުމާއި ގުޅޭގޮތުން ދެއްފާއިނެތް ކަމަށް ހަނިމާދޫ ކައުންސިލުން ވަނީ ބުނެފައެވެ.

ނަމަވެސް ރަށުގެ ބަޔަކު ގެންދަނީ ކައުންސިލުން ގޯތި ދޫނުކުރަން އުޅެނީކަމަށް ހަޤީގަތާއި ޚިލާފު ދޮގުވާހަކަތަކެއް ފަތުރަމުން ކަމަށް އެކައުންސިލުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

ހަނިމާދޫ ކައުންސިލުން ބުނެފައިވަނީ ކައުންސިލުން ގޯތި ދޫކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ނިންމާ 2018 ވަނަ އަހަރުން ފެށިގެން ގޯތި ދޫކުރުމުގެ މަސައްކަތް ފުރިހަމަކޮށްފައި ވާކަމަށެވެ.

ހަޤީގަތާއި ޚިލާފު ދޮގު ވާހަކަތައް ފަތުރަމުން ނުގެންދިއުމަށް އިލްތިމާސްކުރައްވާ ކަމަށް އެކައުންސިލުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ