ގދ. ހޯނޑެއްދޫ

ހޯނޑެއްދޫއާއި، އިތުރު 4 ރަށަކުން ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ގދ. ހޯނޑެއްދޫއާއި، އިތުރު 4 ރަށަކުން ބަޔަކު ކޮވިޑު-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ވިދާޅުވި ގޮތުގައި މިއަދު އަތޮޅު ތެރޭގެ ފަސް ރަށަކުން ކޮވިޑް-19 އަށް މީހުންވަނީ ޕޮޒިޓިވްވެއެވެ. އޭގެތެރޭގައި ހިމެނެނީ ތ. ވޭމަންޑޫ، ނ. މަނަދޫ، ޅ. ނައިފަރު އަދި ރ. ދުވާފަރުގެ އިތުރުން ގދ. ހޯނޑެއްދޫއެވެ.

އެގޮތުން ތ. ވޭމަންޑޫއިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ކަރަންޓީނުގައި ހުރި އުމުރުން 54 އަހަރުގެ ދިވެހި އަންނެކެވެ. އަދިި ނ. މަނަދޫއިންވެސް ޕޮޒިޓިވްވެފައިވަނީ ކަރަންޓީނުގައި ހުރި މީހެކެވެ. އަދި އެއީ ދިވެހި ފިރިހެނެކެވެ.

އަނެއް ތިން ރަށުންވެސް ޕޮޒިޓިވްވެފައިވާ މީހުންނަކީ ކުރިން ޕޮޒިޓިވްވި މީހުންންގެ ކޮންޓެކްޓްސްއެވެ.

ޅ. ނައިފަރުން ޕޮޒިޓިވްވެފައިވަނީ ބަންގްލަދޭޝް ފިރިހެނެކެވެ. ރ. ދުވާފަރުން ޕޮޒިޓިވްވެފައިވަނީ އުމުރުން 23 އަހަރުގެ ދިވެހި އަންހެނެކެވެ.

މީގެއިތުރުން ގދ. ހޯނޑެއްދޫއިން ދެ ކޭސްއެއް ފެނިފައިވާއިރު، އެދެމީހުންނަކީވެސް އުމުރުން 18 އަހަރުގެ ދެ ފިރިހެނުންކަމަށް އެޗްއީއޯސީއިންވަނީ ވިދާޅުވެފައެވެ.

ގދ. ހޯނޑެއްދޫއަކީ މާލެ ސަރަހައްދު ފިޔަވާ ރާއްޖޭގައި އެންމެ ގިނަބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ރަށެވެ. ހޯނޑެއްދޫ އިން ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވީ ހޯމް ކަރަންޓީނުގައި ތިބި ހަތަރު މީހެކެވެ. އޭގެ ފަހުން އެ މީހުންނާ ގުޅުމެއް ނެތް އިތުރު ދެ ކޭސް ފެނިފައިވާއިރު، މިހާތަނަށް 38 މީހަކު އެރަށުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެއެވެ. އަދި އޭގެރެއިން 21 މީހަކު ޕޮޒިޓިވްވެފައިވަނީ ރަށު ތެރެއިން ވަކި ތަރުތީބެއް ނެތި ނެގި ރެންޑަމް ސާމްޕަލްތަކަކުންނެވެ

މީގެއިތުރުންވެސް ދެރަށަކުން ކޮވިޑް-19 އަށް މީހުން ޕޮޒިޓިވްވެފައިވާކަން އެޗްއީއޯސީއިން ހާމަކޮށްފައިވާއިރު، އެއީ ހއ. ކެލާ އަދި ހއ. ދިއްދޫއެވެ. އެދެރަށުން ދެމީހަކު ޕޮޒިޓިވްވެފައިވާއިރު، އެދެމީހުންނަކީވެސް ހޯމް ކަރަންޓީނުގައި ތިބި 2 މީހުންކަމަށް އެޗްއީއޯސީއިންވަނީ ވިދާޅުވެފައެވެ.

ކެލާ އަދި ދިއްދޫ އިން ހޯމް ކަރަންޓީނުގައި ތިބި 2 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ