އިނގިރޭސިވިލާތުގެ ދެކުދިން ރޭޕްކުރި މައްސަލައިގައި ހަތަރުމީހުން ހައްޔަރުކޮށްފި

އިނގިރޭސިވިލާތުގެ އަންހެން ދެކުދިންނާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިނގި މައްސަލައިގައި އިޓަލީން ހަތަރުމީހުން ހައްޔަރުކޮށްފިއެވެ.

އިޓަލީވިލާތުގެ ފުލުހުން ބުނީ މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ، އުމުރުން 19 އަހަރާއި 23 އަހަރާ ދެމެދުގެ ހަތަރު ފިރެހެނުން ކަމަށާއި މި ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ އިޓަލީވިލާތުގެ ދެކުނުން ކަމަށެވެ.

މައުލޫމާތު ލިބޭގޮތުގައި މިހާދިސާ ހިނގައިފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ޕާޓީއެއްގެ ތެރެއިންނެވެ. އަދި މިހާދިސާގެ ރިޕޯޓް ކޮށްފައިވަނީ އެރޭ 3:00 ހާއިރުއެވެ. އަންހެން ކުދިންނަށް މިކަމާއި ގުޅިގެން ލިބުނު ގެއްލުންތަކަށް ހޮސްޕިޓަލުގައި ފަރުވާ ދީފައި ވެއެވެ.

ޖިންސީ އަނިޔާ އަމާޒުވި އަންހެން ކުދިންނާ ހަވާލާދީ ފުލުހުންބުނީ، ޕާޓީ ތެރެއިން މި އަންހެން ކުދިންނަށް ޖިންސީ ގޯނާކޮށްފައިވަނީ އެކުދިން މަސްތުގެ ހާލަތުގައި ހުއްޓައި ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ