ކޮރަޕްޝަނުގެ ތުހުމަތުގައި މުހައްމަދު ޝާހިން ސަސްޕެންޑް ކޮށްފި

ކޮރަޕްޝަނުގެ ތުހުމަތުގައި އައްސޭރި ޖަލާ ހަވާލުވެ ހުރި، ސުޕްރިޓެންޑެންޓް އޮފް ޕްރިޒަން މުހައްމަދު ޝާހީން ސަސްޕެންޑް ސަސްޕެންޑް ކޮށްފިއެވެ.

މުހައްމަދު ޝާހީން ސަސްޕެންޑް ކޮށްފައިވާކަން ކަރެކްޝަންސްގެ މީޑިއާ އޮފިސަރު އާމިނަތު ޔުސްރީން އަހުމަދުވަނީ މީޑިއާތަކަށް ކަށަވަރު ކޮށްދީފައެވެ. ނަމަވެސް ސަސްޕެންޑް ކޮށްފައިވަނީ ކޮން މައްސަލައަކާއި ގުޅިގެންކަން ހާމަކޮށްފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މުހައްމަދު ޝާހީން ސަސްޕެންޑް ކޮށްފައިވަނީ މި އަހަރުގެ ޕީ.އެސް.އައި.ޕީ ޕްރޮޖެކްޓްގެ ތެރޭގައި ހިމެނޭ އައްސޭރި ޖަލުގެ ވަށާފާރާއި ރިހެބިލިޓޭޝަން އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްގެ ތެރެއިން ކަމާނުގުޅޭ ގުދަނެއް ހުއްދަނެތި އެޅުމުގެ މަސައްކަތް ކޮށްފައިވާތީ އާއި ޕްރިސް ވޯޓަރ އިން ބަލަހައްޓަމުންދާ ޕްލާންޓް ގެއާއި އިންވެގެން އެކްސްޓެންޝަން މަސައްކަތެއް ހުއްދަ ހޯދުމެއް ނެތި ކުރަމުން ދާ މައްސަލައެއް ގައެވެ.

މައުލޫމާތު އިނގިހުރި ފަރާތަކުން ނަން ހާމަނުކުރަން ޝަރުތުކޮށް މިނޫހާއި ވާހަކަދައްކަމުން ބުނެފައިވަނީ މުހައްމަދު ޝާހީން ސަސްޕެންޑް ކޮށްފައިވަނީ އޭނާއާއިމެދު ތުހުމަތުކުރެވޭ ކޮރަޕްޝަނުގެ މައްސަލަ މިވަގުތު ތަހުގީގު ކުރެވެމުންދާތީއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ