މިރޭ ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާވެއްޖެއެވެ.
މިހާދިސާ ހިނގާފައިވަނީ ދުއްވާފައިދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓިގެންނެވެ. އަދި މިހާދިސާގައި ދެމީހަކަށް އަނިޔާވެފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.
ސައިކަލެއް ކަހާލައިގެން ވެއްޓި ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާވި ކަން ފުލުހުންވެސްވަނީ ކަށަވަރުކޮށްދެއްވާފައެވެ.
މިރޭ 21:21 ހާއިރު އަމީން އެވެނިއު ކައިރިން ސައިކަލެއް ކަހާލައިގެން ވެއްޓި ސައިކަލްގައި ތިބި ދެމީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި، އަދި އެމީހުން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއެކްސިޑެންޓްގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބެއެވެ.
"މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުލުހުން މިދަނީ މަސައްކަތް ކުރަމުން." ފުލުހުން ވިދާޅުވިއެވެ.




