އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ މި މަހު 27 ގައި

އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 27 ގައި ބޭއްވުމަށް ނިންމައިފިއެވެ.

އެމްޓީސީސީން ބުނީ އަހަރީ އާންމު ޖަލްސާ ބާއްވަން ހަމަޖައްސާފައިވަނީ މިމަހުގެ 27 ވާ އާދިއްތަ ދުވަހުގެ ހަވީރު 4:00 ގައި އޮންލައިން ވެބް އެޕްލިކޭޝަނެއް ކަމަށްވާ ފަހިވޯޓު މެދުވެރިކޮށް ކަމަށެވެ.

މި ޖަލްސާގައި ބައިވެރިވެވޭނީ މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމަށް އެމްޓީސީސީން ބުނެއެވެ.

އެގޮތުން، ކުންފުނީގެ މިއަހަރުގެ އަހަރީ ޢާންމު ޖަލްސާ ބާއްވަނީ އޮންލައިން ވަޞީލަތެއް މެދުވެރިކޮށް ކަމުގައި ވުމުން، ބައިވެރިވެލައްވަންބޭނުންފުޅުވާ އެންމެހާ ޙިއް ޞާދާރުން 25 ސެޕްޓެމްބަރ 2020 ވަނަ ދުވަހުގެ 00:16 ގެ ކުރިން ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވަން ރަޖިސްޓަރ ކުރުމަށް އެމްޓީސީސީން އެދިފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ