ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) މެދުވެރިކޮށް ބޮޑެތި ވިޔަފާރިތަކަށް މިހާތަނަށް 522 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު ތަފާސްހިސާބުތަކުން ދައްކާގޮތުން، އިގްތިސާދީ ރިލީފް ޕެކޭޖުގެ ދަށުން ރިކަވަރީ ލޯން ސްކީމުގައި ބައިވެރިިވި 367 ފަރާތަކަށް ވަނީ5222 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައެވެ.
ބީއެމްއެލް މެދުވެރިކޮށް ދޫކުރާ ލޯނަށް އެދި 562 ވިޔަފާރިއަކުން ލޯނަށް ހުށައަޅާފައިވާއިރު، މިހާތަނަށް 397 ވިޔަފާރިއަކަށް ލޯނު ދޫކުރަން އެޕްރޫވް ކުރައްވާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައި ވެއެވެ. އަދި މި ޕްރޮސެސްގެ ތެރެއިން، ޕްރޮސެސް ކުރުމުގެ މަރުހަލާގައި 17 ފޯމެއް ވާއިރު، 17 ފޯމެއް ވަނީ ރިޖެކްޓު ވެސް ކޮށްފައިކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ބިއެމްއެލް މެދުވެރިކޮށް ދޫކުރާ ކޮވިޑް ރިކަވަރީ ލޯނު ސްކީމްކޮވިޑް-19 އާ ގުޅިގެން އައިސްފައިވާ އިގްތިސާދީ ދަތިތަކުން ވިޔަފާރިތަކަށް އަރައިގަތުމަށް ސަރުކާރުގެ އިސްނެގުމާ އެކު ބީއެމްއެލް އިން ތައާރަފްކުރި ލޯން ސްކީމެކެވެ.
މި ސްކީމްގެ ދަށުން ލޯނަށް އެދި ހުށަހެޅެނީ ރަޖިސްޓްރީކޮށްފައިވާ ރިސޯޓުތައް އަދި ވިޔަފާރިތަކުގެ ތެރެއިން 2019 ވަނަ އަހަރު 10 މިލިއަން ރުފިޔާއަށްވުރެ އިތުރަށް އާމްދަނީ ލިބިފައިވާ ވިޔަފާރިތަކަށެވެ.



