ގއ. މާމެންދޫ އެމް އެމް ޔޫތް ކަޕް ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އެމް އެމް ޔޫތް ކަޕް 2020 ފުޓްސަލް މުބާރާތަކީ މާމެންދޫ ޒުވާނުން އިސްނަގައިގެން މާމެންދޫ ދެ ޖިންސުގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ ފުޓްސަލް މުބާރާތެކެވެ. އަދި މި މުބާރާތް މިއަހަރުން ފެށިގެން ކޮންމެ އަހަރެއްގައިވެސް ސިލްސިލާކޮށް ކުރިޔަށްދާނެކަމަށްވެސް މުބާރާތް އިންތިޒާމް ކުރާ ފަރާތުންވަނީ މަޢުލޫމާތުދީފައެވެ.

މުބާރާތް އިންތިޒާމްކުރާ ފަރާތުން ވިދާޅުވީ، މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަޤުސަދަކީ، ގއ. މާމެންދޫ ޒުވާނުންގެ މެދުގައި އެކުވެރިކަމުގެ ރޫޙު އާލާކޮށް، އެއްބައިވަންތަ މުޖްތަމައެއް ޤާއިމްކުރުމުގެ އިތުރުން ކުޅިވަރާއި ކަސްރަތަށް ޒުވާނުން އަހުލުވެރި ކުރުވުމާއި، ފުޓްސަލް އަށް ޝައުޤުވެރިވާ ޒުވާނުންނަށް އެފަދަ ފުރުސަތުތައް ހޯދައިދީ މި ރޮނގުން ޒުވާނުން ކުރިޔަށް ދިއުމަށް މަގު ފަހިކުރުންކަމަށެވެ.
އަންނަ އޮކްޓޯބަރ މަހުގެ 23 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގައ ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލެވިގެންދާއިރު، ބައިވެރިވުމުގެ މުއްދަތު ހަމަވާނީ އަންނަ އޮކްޓޯބަރ މަހުގެ 4 ވަނަ ދުވަހެވެ.

ކޮންމެ ޑިވިޝަނެއްގެ ޗެމްޕިއަން ޓީމަށް -/4000 އަދި ކޮންމެ ޑިވިޝަނެއްގެ ރަނަރަޕް ޓީމަށް -/1500 ހުށަހެޅިފައިވާ މިމުބާރާތާއި ގުޅޭ މަޢުލޫމާތު ހޯދުމަށް 7989999 އާއި ގުޅުމަށްވެސް މުބާރާތް އިންތިޒާމްކުރާ ފަރާތުން އެދިފައިވެއެވެ.
އަދި މުބާރާތް ސްޕޮންސަރ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައިވާއިރު، މި މުބާރާތުގެ މެޗްތައް ފޭސްބުކް މެދުވެރިކޮށް ލައިވް ކުރެވިގެންދާނެއެވެ.

އެމް އެމް ޔޫތް ކަޕް 2020 ފުޓްސަލް މުބާރާތުގެ މީޑިޔާ ޕާރޓްނަރއަކީ "ފެށުން އޮންލައިން" އެވެ.






ހިޔާލު
Thank you for the organisers who are giving this opportunity to show there football skills to Whole world through the media, FESHUN.MV. We all futsal players in GA.Maamendhoo will be thankful to MMYC organisers and FESHUN.MV team.