ކުޑަ ދެ ފިރިހެން ކުދިންނާ ބެހުނުކަމުގެ ތުހުމަތުގައި ހުޅުމާލޭން ގަންހިންގުވި މީހާ ކުޑަކުދިންނާ ބެހުނުކަމަށް އިއުތިރާފްވެއްޖެއެވެ.
މި މައްސަލައިގެ ތުހުމަތުގައި ރޭ ގަމުހިންގުވާފައިވަނީ ހަސަން ޢަލީ ނަމަކަށް ކިޔާ ޒުވާން ފިރިހެނެކެވެ. ބަޔަކު ނިކުމެ އޭނާ ގަންހިންގުވުމުގެ ކުރިން ހުޅުމާލެއިން ދެ ކުދިންނާ ބެހުނު މައްސަލައިގައި ސުވާލުކުރުމުން އޭނާ ވަނީ އެކަމަށް އިއުތިރާފްވެފައެވެ.
ހުޅުމާލެއިން ދެ ކުދިންނާ ބެހުނު މައްސަލައިގައި ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ އޭނާއާ ސުވާލުކުރުމުން ސާފު ބަހުން އޭނާ ވަނީ ކުށަށް އިއުތިރާފް ވެފައެވެ. އޭނާ ބުނީ، އެ ތުހުމަތު ކުރެވޭ ދެކުދިންގެ ތެރެއިން އޭނާ ޖިންސީ ގޯނާކުރީ އެތަނުން އެއް ކުއްޖަކަށް ކަމަށާއި، ހަތަރު ދުވަހެއްގެ މަތިން ޖިންސީ ގޯނާ ކޮށްފައިވާ ކަމަށެވެ.

ކުޑަ ފިރިހެން ކުއްޖަކު ލައްވާ ޖިންސީ ގުޅުން ހިންގުވިކަމަށް މި ފިރިހެން މީހާ އިއުތިރާފްވިއިރު، އެ ކުއްޖާއަށް ޖިންސީގޮތުން ވަރަށް ބޮޑެތި އަނިޔާ ދޭން މަސައްކަތް ކުރިމަކަށްވެސް އޭނާ ވަނީ ބުނެފައެވެ.
އޭނާގެ މި ޢަމަލާ ގުޅިގެން އޭނާ އެންމެ ފަހުން މަސައްކަތްކުރި ތަނުންވެސް އޭނާގެ ޢަމަލު ކުށްވެރިކޮށްފައިވާއިރު، ރޭ އޭނާ ގަން ހިންްގުވި މީހުން ވަނީ އޭނާ ފުލުހުންނާ ހަވާލުކޮށްފައެވެ.

ހުޅުމާލޭގައި ކުޑަ ދެ ފިރިހެން ކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލައެއް ފެންމަތިވެ ފުލުހުން އޭނާ ހައްޔަރު ނުކުރާ މައްސަލައިގައި ރައްޔިތުން ހިތްހަމަ ނުޖެހި އަމިއްލައަށް އެމީހާ ހައްޔަރުކޮށް ފުލުހުންނާ ހަވާލުކުރިއިރު، ރާއްޖޭގެ ކަންކޮޅުތަކުގައި ރައްޔިތުން އަމިއްލައަށް ވަގުން ހިފާ އަނިޔާކުރުމުގެ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ.
މިމައްސަލައިގައި ފުލުހުންގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް ގުޅުމުންވެސް ފުލުހުން ފޯނު ނަންގަވާފައި ނުވާތީ ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ ގޮތަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން މިފަދަ ފަރާތްތައް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ ބާރު ލިބޭއިރު، ދިގު މުއްދަތުގެ ޖަލު ހުކުމްވެސް އަންނަންޖެހެއެވެ.





ހިޔާލު
Iuthiraafu ve kan ves rangalhu