ކޮވިޑްގެ މުއްދަތުގައި ބީއެމްއެލްއިން 1.2 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި

މިހިނގަމުންދާ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 1.2 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވެއްޖެއެވެ.

ޒޫމް މެދުވެރިކޮށް މީޑިއާތަކަށް މައުލޫމާތު ދެމުން ސީއީއޯ ސޯޔަރ ވިދާޅުވެފައި ވަނީ، މިދިޔަ އޮގަސްޓްގެ ނިޔަލަށް ކުރު މުއްދަތުގެ ފައިނޭންސްގެ ގޮތުގައި 4.57 މިލިއަން ޑޮލަރާއި 125.29 މިލިއަން ރުފިޔާ ބޭންކުން ދޫކޮށްފައިވާކަމަށާއި މީގެއިތުރުން، ވިޔަފާރިތަކަށް ވޯރކިން ކެޕިޓަލްގެ ގޮތުގައި 400 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން، ރިކަވަރީ ލޯނު ސްކީމްގެ ދަށުން ރިސޯޓް އަދި ގެސްޓްހައުސްތަކަށް މިދިޔަ މަހުގެ ނިޔަލަށް 769 މިލިއަން ރުފިޔާގެ ލޯނު އެޕްރޫވްކޮށްފައިވާކަމަށާއި މިހުރިހާ ލޯނުތަކަކާއިއެކު ކޮވިޑްގެ މުއްދަތުގައި ބީއެމްއެލް އިން 1.2 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށެވެ.

ސޯޔަރ އިތުރަށް ވިދާޅުވީ ކޮވިޑް-19 ބަލިމަޑުކަން ކައިރި މުސްތަގުބަލެއްގައި ނިމިގެންދާނެ ކަމަށް ނުބެލެވޭ ކަމަށާއި އެ ހާލަތުގައި ކުރިއަށް ދާނީ ކަސްޓަމަރުންނަށް އެހީތެރިވެވޭނެ ގޮތްތަކާއި ހިދުމަތް ނުކެނޑި ގެންދެވޭނެ އެންމެހައި ގޮތްތައް ބަލަމުން ކަމަށެވެ.

ބީއެމްއެލް އިން ނަގާފައިވާ ލޯނާއި ފައިނޭންސިންގއަށް ފައިސާދެއްކުންވެސް ދެވަނަ ފަހަރަށް ފަސްކުރުމަށް ބީއެމްއެލްއިން މިހާރު ވަނީ ހުޅުވާލާފައެވެ. ބީއެމްއެލްއިން ބުނީ މި ފުރުސަތު ލިބިގެންދާނީ މިހާރުވެސް ލޯނު ފަސްކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ކަސްޓަމަރުންނަށްކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ