ސަރުކާރުން އިމްޕޯޓް ޑިއުޓީތަކަށް ގެނެވުނު ބަދަލާއި ގުޅިގެން އެމްޓީސީސީ ކަށަވަރުން ވިއްކާ ސުޒުކީ އައުޓްބޯޑު އިންޖީނު އަދި ޔަންމާ އިންބޯޑް އިންޖީނުތަކުގެ އަގުތަކަށް ހެޔޮބަދަލު ތަކެއް ގެނެވުމާއި ގުޅިގެން "މާބޮޑަށްވެސް އަގުހެޔޮވެއްޖެ" ކެމްޕެއިން އެމްޓީސީސީއިން ފަށައިފިއެވެ.
އެމްޓީސީސީ އިން ވިދާޅުވީ އެކުންފުނީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުން ކަމަށާއި އެގޮތުން ކޮންމެ އަހަރަކު ވެސް އެކި އެކި ޕްރޮޑަކްޓް ތަކުން ކަސްޓަމަރުންނަށް ލުއިފަސޭހަ ޕްރޮމޯޝަންތައް ބޭއްވުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި
އެމްޓީސީސީގެ ކަސްޓަމަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން އިންޖީނުތައް ރަނގަޅަށް ބެލެހެއްޓުމާއި ޓެކްނިކަލް ކަންކަމަށް އަހުލުވެރިކުރުވުމުގެ ހަރަކާތްތައް ކުންފުނިން އަބަދުވެސް ރާވާހިންގަމުންދާ ކަމަށެވެ.
އެމްޓީސީސީ އަކީ، ދިވެހި ރާއްޖޭގައި ގާޢިމްކުރެވުނު އެންމެ ފުރަތަމަ އަދި އެންމެ އިތުބާރުކުރެވޭ ޕަބްލިކް ކުންފުންޏެވެ. އެމްޓީސީސީއަކީ ޔަންމާ އިންޖީނު އަދި ސުޒުކީ އައުޓްބޯޑް އިންޖީނުގެ އިތުރުން ކާސްޓްރޯލް އަޑީތެލާ، ސިގްމާ އެންޓިފައުލިން ސިސްޓަމް އަދި ސްކޮޓް ބާޑާރ ބްރޭންޑް ފައިބަރުކުރަން ބޭނުންކުރާ ސާމާނުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.
މީގެ އިތުރުން އެމްޓީސީސީއިން ދަތުރުފަތުރުގެ ޚިދުމަތާއި، ބަނދަރުހެދުމާއި، ބިންހިއްކުމާއި، ފަޅުފުންކުރުމާއި، ގޮނޑުދޮށް ރައްކާތެރިކުރުމާއި
ގެދޮރު އިމާރާތް ކުރުމުގެ މަސައްކަތް ރާއްޖޭގެ ކަތް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ފޯރުކޮށްދެއެވެ.




