ޙައްޖުވެރިންތަކެއް - ފޮޓޯ: އަވަަސް

އުމްރާއަށް މީހުން ގެންދިއުމަށް ކުންފުނިތަކަށް ދީފައިވާ ހުއްދަ އިތުރުކޮށްދީފި

ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް ހުއްދަ ދީފައިވާ ކުންފުނިތަކުގެ ހުއްދައިގެ މުއްދަތު އިތުރު ކޮށްދީފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރެފައިވާ އިޢުލާނެއްގައި ވިދާޅުވެފައި ވަނީ ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް މިހާރު ހުއްދަ ދީފައިވާ ކުންފުނިތަކަކީ "ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލުގެ" 4 ވަނަ މާއްދާގެ (ށ) ގެ ދަށުން ދެ އަހަރު ދުވަހުގެ މުއްދަތަށް ހުއްދަ ދީފައިވާ ކުންފުނިތަކެއް ކަމަށެވެ.

މީގެ އިތުރުން 2020 ވަނަ އަހަރުގެ މިހާހިސާބަށް އެކުންފުނިތަކަށް އުމްރާ ދަތުރުތައް ކުރުމަށް އެކަށީގެންވާ ފުރުޞަތެއް ލިބިފައިނުވާކަމަށާއި، އެހެންކަމުން އެކުންފުނިތަކަށް ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން އެއް އަހަރު ދުވަސް އިތުރު ކޮށްދީފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ކުންފުނިތަކަށް ދީފައިވާ ހުއްދައިގެ މުއްދަތު އިސްލާމިކް މިނިސްޓްރީން އިތުރު ކޮށްދީފައި މިވަނީ "ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުޞޫލުގެ" 24 ވަނަ މާއްދާއިން އެ މިނިސްޓްރީއަށް ލިބިދީފަިއވާ ބާރުގެ ދަށުންނެވެ.

ކޮވިޑް-19 އާއި ގުޅިގެން މިއަހަރު އެހެން ޤައުމުތަކުން ޙައްޖަށް މީހުން ދިއުމުގެ ޙުއްދަވެސް ދީފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ