ދެކުނުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

ދެކުނުގެ ރަށެއްގައި އުމުރުން ފަސް އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

މީޑިއާއަށް މައުލޫމާތުދެމުން ފުލުހުން މިރޭ ބުނީ، ސައުތު ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި ފަސް އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި 36 އަހަރުގެ ދިވެހި ފިރެހެނަކު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ރޭ ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އަދި މިމައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ ސިއްހީ ފަރުވާދޭ މަރުކަޒަކުން އިއްޔެ ކަމަށާއި މިމައްސަލަ ފުލުހުން އިތުރަށް މިހާރު ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ކުޑަކުދިންނަށްވާ އިހުމާލާއި އަދި ޖިންސީ ގޯނާގެ މައްސަލަތައް ފުލުހުން އަންނަނީ ހާއްސަ ސަމާލުކަމެއް ދީގެން ބަލަމުންނެވެ. އަދި މިފަދަ މައްސަލަތައް މަދުނޫން އަދަދަކަށް ރާއްޖޭގެ އެކިއެކި ކަންކޮޅު ތަކުގައި އަންނަނީ ހިނގަމުންނެވެ.

މިލިޔުން ކިޔާލުމުން
12
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ