އިންޑިއާ އަށް ވުރެ މާ ބޮޑެތި ކަންތައްތައް ޗައިނާ އިން ރާއްޖެ އަށް ހުރީ ކޮށްދީފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެ އެވެ.
މޮސްޓާ މިހެން ވިދާޅުވެފައި މިވަނީ އިންޑިއާގެ ގުޅުމަށް ފާޑުކިޔަނީ ތަރައްޤީގެ މަޝްރޫޢުތައް ފެނި ހިއްދަތިވާ މޫހުން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ.
މޮސްޓާ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިދިކޮޅުގަ އަބްދުﷲ ޝާހިދު ހުރެގެން ޗައިނާއަށް ފާޑުކީ ކޮން ކަމެއްގަތޯ އާއި އިންޑިއާ އަށް ވުރެ މާ ހެޔޮ އަގުގަ މާ ގިނަ، މާ ބޮޑެތި ބޮޑެތި ކަންތައްތައް ޗައިނާއިން ހުރީ ކޮށްދީފައި ކަމަށެވެ. އަދި ބައެއްގެ ދަށުވެ ފިތިފަ ހުއްޓަސް ތީ ބޮޑު ވަރު ކަމަށް މޮސްޓާ ވިދާޅުވިއެވެ.
އިދިކޮޅު ގިނަ އަދަދެއްގެ ބަޔަކު އިންޑިއާ އިން ރާއްޖެއަށް އަތްގަދަ ކުރަމުންދާ ކަމަށް ބުނެ “އިންޑިއާއައުޓު” ގެ ނަމުގައި ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ފައްޓާފައިވެއެވެ. އެގޮތުން ގިނަ ބަޔަކު އަންނަނީ މި ގައުމަށް އިންޑިއާ އިން އެހީތެރިކަން ދެނީ އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖޭގައި ބެހެއްޓުމަށް ކަމަށް ބުނަމުންނެވެ. ނަމަވެސް ސަރުކާރުން ވަނީ އެކަން ދޮގު ކޮށްފައެވެ.





ހިޔާލު
ސާބަހޭ މޮސްޓާ އެއްވަނަ މެމްބަރު…