އިންޖީނުލީ އުޅަނދުފަހަރު ގަރާޖެއްގައި ރަޖިސްޓްރީ ކުރުން ލަޒިމްނުވާގޮތައް އިސްލާހު ހުށައަަޅައިފި

ދިވެހި ރާއްޖެގައި އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރާއިރު އަމިއްލަ ފަރާތެއްގެ ގަރާޖެއްގައި ނުވަތަ އަމިއްލަ ފަރާތެއްގެ އެނޫންވެސް ތަނެއްގައި ނުވަތަ ބިމެއްގައި އެ އުޅަނދު ބޭއްވުން ލާޒިމްވެގެން ނުވާގޮތައް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހުށަހައަޅައިފިއެވެ.

މި އިސްލާހު ހުށައަޅަމުން، ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މޮސްޓާ ވިދާލުވީ،މި ގާނޫނަށް އަމަލުކުރަން ފަށާނީ މި ގާނޫނު ފާސްވެ ތަސްދީދުކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިރުކުރާ ދުވަހުން ފެށިގެން ކަމަށެވެ.

މި ގާނޫނަށް ހުށަހަޅަން ބޭނުންވާ އިސްލަހަކީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގެ ދަށުން އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ރަޖިސްޓްރީ ކުރާއިރު 2 ފިރޮޅަށް ވުރެ ގިނަ އުޅަނދެއް ގަރާޖެއްގައި ރަޖިސްޓްރީ ކުރާގޮތައް މިހާރު އޮންނާތީ އެކަމުގެ ނަޖާއިސް ފައިދާ ނަގާ ބޮޑެތި އަދަދުތަކުން ގަރާޖް ފީ ގެ ގޮތުގައި ބައެއް ގަަރާޖުތަކުގެ ވެރިފަރާތްތަކުން ނަގަމުންދާތީ ކަމަށް މޮސްޓާ ވިދާޅުވިއެވެ.

ގަރާޖްގައި އޮންނަ ޖާގައަށް ވުރެ ގިިނަ އުޅަނދުފަހަރު ގަރާޖްގައި ރަޖިސްތްރީ ކޮށްދީ އެފަދަ އަމަލްތައް ބައެއް ފަރާތްތަކުން ހިންގަމުންދާ ކަމަށާއި މިކަންކަން ރަނގަޅަށް މޮނިޓަރ ކުރެވޭތަން ނުފެންނާތީ އެކަމަށް ހުއްޓުމެއް ގެނައުމަށްޓަކައި ގާނޫނުގެ ދަށުން އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ރަޖިސްޓްރީ ކުރާއިރު ގަރާޖެއްގައި ރަޖިސްޓްރީ ކުރުން ލަޒިމްނުވާގޮތައް ގާނޫނުގައި ހިމެނުމަށްޓަކައި އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ހުށައަޅާ ކަމަށް މޮސްޓާ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ