ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު | ފޮޓޯ: މިހާރު

ދައުލަތުން ޓޯޗަރ ކުރިކަމަށް ދަށު ކޯޓުގައި ބުނެފައި ނުވާނެ: އަދީބު

ދައުލަތުން ޓޯޗަރ ކުރިކަމަށް ދަށު ކޯޓުގައި ބުނެފައި ނުވާނެކަމަށް ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ޝަރީއަތުގެ އަޑު އެހުމުގައި ވާހަކަ ދައްކަވަމުން އަދީބު ވިދާޅުވީ، ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އައިޝަތު ބިޝާމާއި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް (އޭސީޕީ) މުހައްމަދު ރިޔާޒު، އަދީބުއަށް ޓޯޗާކޮށް އިއުތިރާފު އެއްބަސްވުމުގައި އަދީބުއަށް މަޖުބޫރުކޮށް ގަދަކަމުން ސޮއިކޮށްފައިވާކަމަށް ބުނެފައި ނޯންނާނެކަމަށެެވެ.

އަދީބު މިއަދު ބޭއްވި އަޑުއެހުމުގައި ވިދާޅުވީ، ކުރިން އޮންލައިންކޮށް ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ކުރިމަތިވި އިންޓަނެޓް ކަނެކްޝަންގެ މައްސަލައިގައި ދައުލަތުން ދެއްކި ވާހަކަތައް ދޭހަވީ ތަފާތުގޮތަކަށް ކަމަށެވެ. ނަމަވެސް ބިޝާމާއި، ރިޔާޒު، އަދީބުއަށް ޓޯޗާކޮށް އިއުތިރާފު އެއްބަސްވުމުގައި އަދީބުއަށް މަޖުބޫރުކޮށް ގަދަކަމުން ސޮއިކުރިކަމަށް ބުނެފަކާ ނޯންނާނެކަމަށް އަދީބު ވިދާޅުވިއެވެ.

އަދީބު ވިދާޅުވީ، އެއްބަސްވުމުގައި ސޮއި ކުރީ ބޭސްފަރުވާގެ ކަމަކާއި ގުޅިގެން ނޫންކަމަށް އަދީބުވިދާޅުވިއެވެ. ނަމަވެސް އެގޮތަށް ދޭހަވާގޮތަށް ވާހަކަ ދެއްކެވުމުން އެ ވާހަކަތައް އަނބުރާ ގެންދާކަމަށް އަދީބު ވިދާޅުވިއެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރަށް ޓޯޗާކޮށް ނުފޫޒު ފޯރުވައި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ގާނޫނާ ހިލާފުވެފައިވާ ކަމަަށް ކުރިމިނަލް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.

ކުރިމިނަލް ކޯޓުން މި ގޮތަށް ކަނޑައެޅީ ބިޝާމާއި ރިޔާޒު އިސްވެ ތިއްބަވައި ހިންގެވި ތަހުގީގެއް ދަށުން އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ބާތިލު ކުރުމަށް ކުރިމިނަލް ކޯޓުން ނިންމި ނިންމެވުމުގަ އެވެ.

އަދީބުގެ މައްޗަށް ކުރި ހަތް ދައުވާގެ ތެރޭގައި ހިމެނެނީ، މަނީ ލޯންޑަރިންގެ ދެ ދައުވާއެއްގެ އިތުރުން، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ރާކަނި

    ދޮޅު ރޯނާއިންނާއި ވައްކަމުގައި ހައްދުފަހަނަ އަޅާފައިވާ މީހުންނަށް ރަގަޅުވާހަކައެއްވެސް ނުދެއްކޭނެ. މިއަދު ސަލާމަތްވާނެ ލިބުނު ފުރުސތު ނަގާލީ އަމިއްލައަށް ދެން ……………….

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ