އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ކަމަށް ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ވިދާޅުވެއްޖެ އެވެ.
މިއަދު އޮތް ޝަރީއަތުގެ އަޑު އެހުމުގައި ވާހަކަ ދައްކަވަމުން އަދީބު ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާއަކީ ރައްޔިތުންނަށް އަނބުރާ ހޯދޭނެ އަދި ހޯދަންޖެހޭ ފައިސާއެއް ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ އަޑު އެހުމުގައި އަދީބު ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައަކީ އިންސާފު ޤާއިމްކުރެވެން ޖެހޭ މައްސަލައެއް ކަމަށެވެ. އަދި އެމްއެމްޕީއާރްސީގެ ހިޔާނާތުން އެތައް ބަޔަކަށް މަންފާވެފައިވާ ކަމަށްވެސް އަދީބު ވަނީ މިއަދު ވިދާޅުވެފައެވެ.
"މިކަމުގައި އިންސާފު ގާއިމްކުރަންޖެހޭ. މީގަ މަންފާވި އެތައް ބަޔަކު އެބަތިބި. އެހެންވެ އެހުރިހާ މަސަައްކަތެއް ކުރަމުން މިދަނީ. އަޅުގަނޑުވެސް މިދަނީ ދެވެނު އެއްބާރުލުމެއް ދެމުން" އަދީބު ވިދާޅުވިއެވެ.
ކުރިޔަށް އޮތްތަނުގައިވެސް މި މައްސަލަތަކުގައި އެއްބާރުލުން ދެއްވާނެ ކަމަށާއި އަދި މިމައްސަލަތަކަކީ ކްރިމިނަލް ކޯޓުންވެސް ބަލާ ނިންމަން ޖެހޭ މައްސަލަތަކެއް ކަމަށާއި އަވަހަށް މައްސަލަތައް ނިންމައި ދެއްވުމަށް ހައިކޯޓުގައި އަދީބު ވަނީ އެދިލައްވާފައެވެ.
އަދި މިސަރުކާރުގައި މި މައްސަލަތައް ބަލާ އިންސާފުވެރި ޝަރީއަތެއް ހިންގުމުގެ ގާބިލުކަމާއި އިހުލާސްތެރިކަން އެބަހުރިކަމަށްވެސް އަދީބު ވަނީ ވިދާޅުވެފައެވެ.
ހިޔާލު
ރުފިޔާކޮޅު ލިބެންޖެހެޔޭ ކިޔާފައި ކާލީ ދޯ؟ އަދީބު ކިޔައިދީބަލަ އެހާބައިވަރު ފައިސާ އަދީބު އަށް ލިބި ކުއްލި މުއްސަނދިކަމެއް ލިބުނު ގޮތް