ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު | ފޮޓޯ: މިހާރު

ކުރެވުނު ކުށްތަކަށް ތައުބާވެ، އަދީބު ރައްޔިތުންގެ ކިބައިން މާފަށް އެދިއްޖެ

ކުރެވުނު ކުށްތަކަށް ތައުބާވެ، ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ރައްޔިތުންގެ ކިބައިން މައާފަށް އެދިއްޖެއެވެ.

މިއަދުގެ ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި އަދީބް ވިދާޅުވީ ކުރެވުނު ކުށްތަކަށް ތައުބާވެފައި ވާކަމަށާއި އަދި އެކަމާއިގުޅިގެން ދިވެހި ރައްޔިތުންނާއި ދައުލަތުގެ ކިބައިން މާފަށްއެދޭކަމަށެވެ. އަދީބު އިތުރަށް ވިދާޅުވީ މި މައްސަލަތަކާއި ގުޅިގެން ފަސް އަހަރެއްހާ ދުވަހު ޖަލުގައި ހޭދަ ކުރެއްވިއްޖެ ކަމަށާއި ހެދިފައިވާ ގޯސްތަކާމެދު ހިތާމަކުރައްވާ ކަމަށެވެ.

މިީގެއިތުރުން މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އަދީބުވަނީ ދައުލަތުން އަދީބުގެ މައްޗަށްކުރާ 7 ދައުވާއަށް އިއުތިރާފްވެފައެވެ.

އަދީބުގެ މައްޗަށް ކުރި ހަތް ދައުވާގެ ތެރޭގައި ހިމެނެނީ، މަނީ ލޯންޑަރިންގެ ދެ ދައުވާއެއްގެ އިތުރުން، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އަދީބް ވިދާޅުވީ އެމްއެމްޕީއާރުސީއިން ގެއްލުނު ފައިސާ ހޯދުމަށް އޭނާގެ ފުރިހަމަ އެއްބާރުލުން ދެމުން އަންނަ ކަމަށާއި ދައުލަތުން ކުރާ ހަތް ދައުވާއަށް އިތިރާފުވާކަމަށެވެ. މިއީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގައި އަދީބު މައާފަށް އެދުނު ފުރަތަމަ ފަހަރެވެ.

މިސަރުކާރުގައި މި މައްސަލަތައް ބަލާ އިންސާފުވެރި ޝަރީއަތެއް ހިންގުމުގެ ގާބިލުކަމާއި އިހުލާސްތެރިކަން އެބަހުރިކަމަށްވެސް އަދީބު ވަނީ ހައިކޯޓުގެ އަޑު އެހުމެއްގައި ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
21
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ