އިންޑިއާ ޕާލަމެންޓުގެ 17 މެންބަރުން ކޮވިޑަށް ޕޮޒިޓިވު

އިންޑިއާ ޕާލަމެންޓުގެ 17 މެންބަރަކު ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވާ ކަމަށް އެގައުމުގެ އޮފިޝަލުން މިއަދު ބުނެފިއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް އަޅައިފައިވާ ފިޔަވަޅުތަކުގެ ދަށުން އިންޑިއާގެ ޕާލަމެންޓް ބަންދު ކުރުމަށްފަހު ހުޅުވައިފައިވަނީ ޕާލަމެންޓުގެ އެންމެހާ މެންބަރުން ކޮވިޑް-19 އަށް ސުކްރީން ކުރުމަށްފަހުއެވެ.

ހަމަސް ދުވަހަށްފަހު އިންޑިއާގެ ޕާލަމެންޓް ހުޅުވައިފައިވަނީ ހާއްސަ ރައްކާތެރިކަމުގެ ފިޔަވަޅު ތަކަކާއެކު ކަންވެސް ފާހަގަ ކޮށްލެވެއެވެ. މިގޮތުން، ޕާލަމެންޓުގެ ކޮންމެ މެންބަރަކު މާސްކް އެޅުމަށް އަންގައިފައިވާއިރު މެންބަރުން ތިއްބަވާ ތަންވެސްވަނީ ބިއްލޫރި ޖަހައި ބަންދުކޮށްފައެވެ. އަދި މީގެ އިތުރުން މަސައްކަތުގެ ވަގުތުވެސް ކުޑަ ކޮށްފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން މައުލޫމާތު ދެއެވެ.

އަލްޖަޒީރާއިން އިންޑިއާގެ އޮފިޝަލުންނާއި ހަވާލާދީ ބުނެފައިވަނީ ޕޮޒިޓިވުވި 17 މެންބަރުންގެ ތެެރެއިން 12 މެންބަރުން ނިސްބަތްވެ ވަޑައިގަންނަވަނީ ވެރިކަންކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ) އަށް ކަމަށެވެ. އަދި ޕޮޒިޓިވުވި 17 މެންބަރުންނަކީވެސް ޕާލަމެންޓުގެ ތިރިގެ ކަމަށްވާ ލޮކް ސަބާގެ މެންބަރުން ކަމަށެވެ.

އިންޑިއާ ޕާލަމެންޓުގެ މަތިގެ ކަމަށްވާ ރަޖްޔާ ސަބާއިން ކޮވިޑް-19 އަށް އެއްވެސް މެންބަރެއް އަދި މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވުވި ކަމަށް އިންޑިއާގެ އޮފިޝަލުން މައުލޫމާތު ދީފައެއް ނުވެއެވެ.

އިންޑިއާއަކީ މުޅި ދުނިޔެއިންވެސް ކޮވިޑް-19 އެންމެ ހަލުވި ކަމާއެކު ފެތުރެމުންދާ ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ. މުޅި ޖުމްލަ މިހާތަނަށް އިންޑިއާއިންވަނީ 4.9 މިލިއަނަށްވުރެ ގިނަމީހުން ޕޮޒިޓިވުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ