ފޭސްބުކް އެވަޓާރ އޭ ބުނުމުން ނޭގޭނެ މީހަކު މިހާރު މަދުވާނެއެވެ. މުޅި ސޯޝަލް މީޑިއާގައި އެއް އަޑަކަށް ހިފާފައި ވަނީ އެވަޓާރގެ ވާހަކައެވެ. މުޅި ފޭސްބުކް ނިއުސްފީޑް ފުރާލާފައި ވަނީވެސް މިބުނި އެވަޓާރގެ ފޮޓޯތަކުންނެވެ.
ވެގެން އުޅޭ ގޮތެއް އިނގޭ ހެއްޔެވެ؟ މިބުނާ އެވަޓާރ އަކީ ފޭސްބުކްގައި އެމީހެއްގެ ސިފައާއި ވައްތަރ ގޮތަކަށް ހެދޭ ކެރެކްޓާއެކެވެެ. މިއަދު މުޅިންވެސް ފެންނަމުންދިޔައީ އެކިމީހުން އެމީހުންގެ ސިފައާއި ވައްތަރު ގޮތަށް އެވަޓާރ ހެދުމައްފަހު ފޭސްބުކަށް ދޫކޮއްލާ ތަނެވެ. އަދި އަނެއްބަޔަކު ހެއްވާ މަޖާ މީހުން ސިފަވާގޮތަށްވެސް އެވަޓާރ ހަދާފައިވާތަން މަދުންނަމަވެސް ފެނެއެވެ.
ކޮންމެއަކަސް މިއޮތީ ދިވެހިންނަށް އަނެއްކާވެސް އައު ސީޒަނެއް އައިސްފައެވެ. ފޭސްބުކަށްވެދެ އެވަޓާރއެއްގެ ލޮލުގައި އަޅައިނުގަނެ ކުރިއަށް ހިނގައި ނުގެނެވޭވަރަށް ދިވެހިން ވަނީ މިކަންތައް ބޮޑު ކޮށްލާފައެވެ. ފޭސްބުކްގެ ޕްރޮފައިލް ފޮޓޯތަކާއި، ޕޯސްޓަކަށް ކޮމެންޓެއް ހިއްސާކުރިޔަސް ހިއްސާކުރަނީ، މިބުނާ އެމީހަކު ހަދައިގެން އެއުޅޭ އެވަޓާރ ނުވަތަ ސްޓިކަރ އިންނެވެ.

އަދި މިވަރަކުން ނިމުނީކީ ނޫނެވެ. މި ކަންތައް ޖޯކަކަށް ހަދައިގެން މީމްތައް ހަދައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރަނީއެވެ. ކޮންމެއަކަސް މިއީ ގޭގައި ތިބެ ކުރާނެ ކަމެއް ނެތި ފޫހިވެގެން އުޅޭ ދިވެހިންގެ އަމަލުތައް ހުންނަގޮތެވެ. ޖޯކު ޖަހާލާނެ ވާހަކައެއް ލިބުމުން އެ ކަމުގައި ވަކި ހިއްޕާލާ ފޯރި ގަދަކޮށްލީއެވެ. އަނެއްބަޔަކަށް މިކަން ކަމުގޮސްގެން ތިމާގެ ގައިގާ ނެތް ރީތިކަން ދައްކައި އެވަޓާރ ހަދައި ދޫކޮއްލަނީއެވެ.

ކޮންމެއަކަސް، މިއަހަރު ޑޮލްގާނާ ކޮފީއަކުން ފެށިގެން، ކެއަރ ރިއެކްޓެއް ނުލިބިގެން ރުއި ދިވެހިންނަށް ބަނބުކެޔޮ މޫސުމަށްފަހު، އަނެއްްކާވެސް އެވަޓާރ މޫސުމެއް އައިސްފައެވެ. އަހަރެންގެ ފޭސްބުކް އެވަޓާރ ހަދައިފީމެވެ. ކޮބާ ތިބާގެ ފޭސްބުކް އެވަޓާ ހަދައިފިން ހެއްްޔެވެ؟




